ތިމަރަފުށި އަންހެނަކު ގެއްލިގެން ހޯދަނީ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 27 އޭޕްރިލް 2025 13:15
ގެއްލިގެން ހޯދަމުން އަންނަ ތ. ތިމަރަފުށީ، ފާތިމަތު ޝަހުދާ / ފޮޓޯ: ޕޮލިސް
ގެއްލިގެން ހޯދަމުން އަންނަ ތ. ތިމަރަފުށީ، ފާތިމަތު ޝަހުދާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނި ގޮތުގައި، އޭނާ އެންމެފަހުން ފެނިފައި ވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުން.

މާލޭގައި ދިރިއުޅޭ ތ. ތިމަރަފުށި އަންހެނަކު ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ،

ގެއްލިގެން ހޯދަމުން އަންނަނީ ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ، 31 އެވެ.

ފުލުހުން ބުނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފާތިމަތު ޝަހުދާ ޚަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:00 ހާކަށް ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ އެންމެފަހުން ފެނިފައި ވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންނެވެ. އޭރު އޭނާ ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެ އެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%