ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާ ދެއްވަން ނިންމައިފި

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 26 އޭޕްރިލް 2025 19:06
ސީޕީ ސުޖާއު އިސްތިއުފާ ދޭން ނިންމަވާފައިވަނީ ދާދި ދެންމެއަކު.
ސީޕީ ސުޖާއު އިސްތިއުފާ ދޭން ނިންމަވާފައިވަނީ ދާދި ދެންމެއަކު.
ޚުލާސާ

ސީޕީ އިސްތިއުފާ ދޭން ނިންމަވާފައިވަނީ އަންހެން ކުއްޖެއް އިމާރާތަކުން ވެއްޓިފައިވާތީ ޒުވާނުން ނިކުމެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި.

ހެންވޭރުގައި ހިނގި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ސީޕީ މި ނިންމުން ނިންމެވީ އަންހެނެއް އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ކުރެވެމުންދާ ތަޙްޤީޤުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަށް މައުލޫމާތު ލިބެއެވެ.

ސީޕީ މަގާމުން އިސްތިއުފާ ދެއްވަން ނިންމައިފައިވާކަން ފުލުހުންގެ އިސްވެރިންނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަންގަވާފައެވެ.

ފުލުހުންގެ ތަޙްޤީޤާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، ތަޙްޤީޤުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް މިނިވަން އިންކުއަރީއެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%