އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުމާއި ގުޅިގެން އުފެދުނު މައްސަލަ ސިޔާސީ ކޮށްފައިވަނީ އެމައްސަލައިގައި ހިމެނޭ ރައުދު އަހްމަދު ޒިލާލް ސަލާމަތް ކުރުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ކޯލިޝަނާއި ދެކޮޅު ކޯލިޝަނުގެ އިސް މީހަކު ބުނީ، ރައުދު ހިމެނޭ މައްސަލަ ސިޔާސީ ކޮށްފައިވަނީ، ރައުދު އަކީ ފައްޔާޒުގެ އަނބިކަނބަލުން ލުބުނާ މޫސާގެ ދެބޭންގެ ދެދަރި ކޮއްކޮ ކަމަށް ވާތީއެވެ. މީގެ އިތުރުން ރައުދު އަކީ އެމްޑީޕީގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސް، އަބްދުالله ޝަމާލް އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އިތުރަށް ފޮނުވި މެސެޖުގައި ވަނީ އެމްޑީޕީން މިމައްސަލަ އިތުރަށް ބޮޑުކޮށްގެން މުޒާހަރާތައް ކުރުމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ޝާޒްލީ މޫސާ ޝަފީގު ވަނީ ޕާޓީގެ ގޮފިތަކުގެ ރައީސުންނަށް އަންގާފައެވެ. ސަބަބެއް ކަމަށް އޭނާ ބުނީ، ރައުދު އާއި ޝާޒްލީ އަކީ ދެބޭންގެ ދެދަރިންނެވެ.
ޑިމޮކްރެޓުންގެ ރައީސް އިމްތިޔާޒް ފަހުމީ ވަނީ ޔުމްނު ވެއްޓުމުގެ ޒިންމާ އެމްޑީޕީގެ ބޮލުގައި އަޅުވާ ކަމަށް ބުނެ ވާހަކަތައް ދައްކާފައެވެ. ނަމަވެސް، ހަގީގަތަކީ މިއީކަން ގިނަބަޔަކަށް ނޭނގެއެވެ.
ފުލުހުން ވަނީ މިމައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓްތަކާއި މޯބައިލްފޯނު ހިފަހައްޓައި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.