ހެސްކިޔާފަ ފައިސާދީ ސަރުކާރުން މަސްވެރިން ހެއްވާލައިފި

ޢަބްދުﷲ ޖުނައިދު | 2 ދުވަސް ކުރިން - 26 އޭޕްރިލް 2025 12:47
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކޫއްޑޫގައި ތިބި މަސްދޯނިތަކަށް އަރައިވަޑައިގެން މަސްވެރިންނާއި ގާތުން މަޝްވަރާކުރައްވަނީ / ފޮޓޯ: ޚުލާސާ
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކޫއްޑޫގައި ތިބި މަސްދޯނިތަކަށް އަރައިވަޑައިގެން މަސްވެރިންނާއި ގާތުން މަޝްވަރާކުރައްވަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައިވާއިރު، މަސްވެރިންނަށް ބުދަ ދުވަހު އެކަނި 5.4 މިލިއަން ރުފިޔާ ދޫކޮށްފައިވޭ.

މިދިޔަ ބުދައާއި ބުރާސްފަތި ދުވަހު މަސްވެރިންނަށް ހެސްކިޔާފަ ފައިސާދީ ސަރުކާރުން އެ މަސްވެރިން ހެއްވާލައިފިއެވެ. މި ދެދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު ދުވަހެވެ. މިފަކޯއިން ބުނީ 56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައިވާއިރު، މަސްވެރިންނަށް އެދުވަހު އެކަނި 5.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ކިރުވާފައި ވަނީ 254 މަސްދޯންޏަކުންނެވެ. އެއަށް މިފްކޯއިން 14.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އޭގެކުރީ ހަފުތާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.

ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެންބަރު 10 އިން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާއިރު، މިހާތަނަށް 470 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ އަދި އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ 95% މަސްވެރި އުޅަނދު ދަފުތަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މަސްވެރިންގެ ދަފްތަރުގައި ޖެހޭ މީހުންނަށް އެސްޓީއޯ ސްކީމްގެ ތެރެއިން މުދާ ލިބޭނެ އިންތިޒާމް ވެސް ހަމަޖެއްސުމަށް ދަނީ މަސައްކަތްތައް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%