ޔުމްނު ވެއްޓުނު ރޭ ރައުދާއެކު ހަމަނުޖެހުމެއް ހިނގި: ޕޮލިސް

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 25 އޭޕްރިލް 2025 22:32
ޔުމްނުއާއެކު ހަމަނުކެހުން ހިންގި މީހާ.
ޔުމްނުއާއެކު ހަމަނުކެހުން ހިންގި މީހާ.
ޚުލާސާ

ފުލުހުން ބުނާ ގޮތުގައި ޔުމްނު ވެއްޓުނު ރޭ އޭނާއާއި ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވޭ.

ފުރާޅުމައްޗަށް ވެއްޓި ހާލު ސީރިއަސް ވެފައިވާ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އިތުރު ތަފްސީލުތަކެއް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނާ ގޮތުގައި މާލޭގެ ހެންވޭރުގައި ހުންނަ ހ. ފެންޓޯނިއާ ގެއިން ޔުމްނު ރަޝީދު (21އ) ވެއްޓުމުގެ ކުރިން އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލު (21އ) އާ ދެމެދު މައްސަލައެއް ޖެހުނު ކަމަށާއި، ވެެއްޓުނީކަމަށް ބެލެވޭ ކަމަށް ރައުދު ފުލުހުގައި ބުނެފި އެވެ.

މި މައްސަލައިގައި ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ. އަދި މިއަދު އޭނާގެ ބަންދުގެ މުއްދަތު މަޖިލީހަށްފަހު ދިން ކޯޓުއަމުރުގައިވާ ގޮތުން ދެ މީހުންގެ ދެެމެދު ހަމަނުޖެހުމެއް ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން މިހާތަނަށް ބުނަމުން ދަނީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް އެނގިފައި ނުވާ ކަމަށާއި، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަޙްޤީޤަށް އެނގޭ ކަމަށެވެ.

ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

ފުލުހުންހެ ތަހުގީގުގައި އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ރައުދުއާއި ސުވާލުކުރުމުން އޭނާ ބުނީ، ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީކަމަށް ބެލެވޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%