ރައުދުގެ ބަންދަށް އިތުރު 5 ދުވަސް

އުސްތާޛް މުޙައްމަދު ޢަލީ | 3 ދުވަސް ކުރިން - 25 އޭޕްރިލް 2025 17:52
އަންހެނަކު ފުރާޅަށް ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު.
އަންހެނަކު ފުރާޅަށް ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު.
ޚުލާސާ

އަންހެނަކު ވެއްޓުނު މައްސަލައިގައި ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ.

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލްގެ ބަންދު މުއްދަތު އިތުރު 5 ދުވަހަށް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު ރައުދު އުޅުނުކަމާއި، ރައުދުއާއި ވެއްޓުނު އަންހެން މީހާ އެ ގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. މި މައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ރައުދު ހައްޔަރުކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%