މަސްތުވާތަކެތީގެ މައްސަލައެއްގައި ދެލޯބިވެރިން ހައްޔަރުކޮށްފި

އަހްމަދު އީޒާން | 2 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 19:50
ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ޕޮލިސް
ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ ދެމީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހުގައި.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ, އަދުނީ، އިބްރާހީމް ރަޝީދު, 40 އާއި ފުވައްމުލަކު މިސްކިތްމަގު، ކުދިމާގެ، ސަފިއްޔާ މުހައްމަދު, 41 އެވެ. އެނގިފައިވާ ގޮތުން މިދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 108.96 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ރަޝީދު 15 ދުވަހަށް އަދި ސަފިއްޔާ މުހައްމަދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%