ސިއްހީ ދާއިރާއިން ދިވެހިން ތަމްރީނުކުރުުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ގައުމީ ޔުނިވާސިޓީ (އެމްްއެންޔޫ)އާއެކު އެއްބަސްވުމެއް ހަދައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން އެލައިޑް ހެލްތު ދާއިރާއިން 1,500 ދިވެހިން ތަމްރީނުކުރުމަށް އަމާޒުކޮށް, އެމްއެންޔޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެމްއެންޔޫގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ އެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި ދެ މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާއަށް ހިދުމަތްކުރާނެ ގާބިލު ދިވެހިން އުފެއްދުން ކަމަށެވެ.