ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އަހްމަދު އީޒާން | 6 ދުވަސް ކުރިން - 22 އޭޕްރިލް 2025 10:46
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި 51 އަހަރުގެ ދިވެހި ފިރިހެނަކަށް.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށެވެ.

އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 2022 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިންނެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%