އެޗްޑީސީގެ ކުރީގެ މުވައްޒަފަކު 550،000 ރުފިޔާ އޮޅުވާލައިގެން ހޯދި މައްސަލަ ޕީޖީއަށް

އުސްތާޛް މުޙައްމަދު ޢަލީ | 6 ދުވަސް ކުރިން - 22 އޭޕްރިލް 2025 09:14
އެޗްޑީސީގެ މައި ޢިމާރާތް: އެޗްޑީސީގެ ކުރީގެ ބައެއް މުވައްޒަފުންގެ މައްސަލަތައް ދަނީ ބަލަމުން.
އެޗްޑީސީގެ މައި ޢިމާރާތް: އެޗްޑީސީގެ ކުރީގެ ބައެއް މުވައްޒަފުންގެ މައްސަލަތައް ދަނީ ބަލަމުން.
ޚުލާސާ

އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ހުރި ފުތިހާ ޝާކިރު، މ. ސީވިންޑްގެ މައްޗަށް.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން 550،000 ރުފިޔާ ހޯދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ހުރި ފުތިހާ ޝާކިރު، މ. ސީވިންޑްގެ މައްޗަށް ކަމަށެވެ.

އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، އޭނާ ވަނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރުކޮށް، އެ ސްލިޕްތައް ބޭނުންކޮށްގެން އަމިއްލަ މީހެއްގެ އަތުން 550،000 ރުފިޔާ ހޯދާފައެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދިފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، އޮޅުވާލައިގެން ހޯދި 550،000 ރުފިޔާ އަނބުރާ ހޯދައި ދިނުމަށްވެސް އެސް އޭސީސީން އެދިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%