ސެންޓްރަލް ޖަލު އިމާރާތްކުރުމަށް ބަޔަކު ހޯދަނީ

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 21 އޭޕްރިލް 2025 14:14
މާފުށި ޖަލު
މާފުށި ޖަލު
ޚުލާސާ

މި މަޝްރޫޢުގައި ޝައައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ދީފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރި

އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޖަލު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. މި މަޝްރޫޢުގައި ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ދީފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މި ޖަލަޖަލަކީ 6000 މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރެވޭ ޖަލެކެވެ. މި މަޝްރަޝްރޫޢު ކުރިއަށް ގެންދިއުމަށް 30 ހެކްޓަރުގެ ބިމެއް ހަމަޖައްސާފައިވާއިރު، މަޝްރޫޢުގެ ތެރޭގައި ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތްޔަތްކުރުން ހިމެނެއެވެ. އަދި މުވައްޒަފުންނަށް ތިބެވޭނެ ތަންތަނާއި، ތަމްރީން ދެވޭނެ ތަންތަނާއި، ކުޅިވަރު ކުޅެވޭނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރު ދުވަސް ނަގާނެއެވެ. "މި ޖަލު ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދްޞަދަކީ މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލައި، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުމެވެ،" ވަޒީރު ވިދާޅުވިއެވެ.

މި ޖަލުގައި ފުލް ސަރވިސް ހޮސްޕިޓަލަކާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަނާއި ޑިޓޮކްސް ފެސިލިޓީއެއްގެ އިތުރުން ހާފްވޭ ހައުސްއެއް ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެކި ފަންތީގެ ޖަލުތަކާއި، ކޯޓު ފެސިލިޓީއަކާއި، ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓަރސް ވެސް އެތަނުގައި ތަރައްޤީކުރެވޭނެއެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި ޖަލު ތަރައްޤީކުރުމުން ގައިދީއެއްގެ ބޮލަކަށް ޖެހޭ 27000 ރުފިޔާ ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވޭނެއެވެ. އަދި މި ޖަލުން ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދެވޭނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%