ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް އާންމުވަނީ

ޖަވާދު | 7 ދުވަސް ކުރިން - 21 އޭޕްރިލް 2025 11:38
ޓްރަމްޕްގެ ސިޔާސަތުތަކާއި ދެކޮޅަށް އެމެރިކާގައި މުޒާޙަރާ ކުރަނީ.
ޓްރަމްޕްގެ ސިޔާސަތުތަކާއި ދެކޮޅަށް އެމެރިކާގައި މުޒާޙަރާ ކުރަނީ.
ޚުލާސާ

ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި 55 އިންސައްތަ މީހުން ތިބީ ޓްރަމްޕާމެދު ހިތްހަމަނުޖެހިފަ. މިއީ ފާއިތުވި 75 އަހަރުތެރޭގައި ވެރިކަމުގެ ފުރަތަމަ ހަތަރުމަސްދުވަހު ފެނިފައިވާ އެންމެދަށް އެޕްރޫވަލްރޭޓިން.

އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާތައްކުރުން އާންމުވާން ފަށައިފިއެވެ. މިހާރު އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޓްރަމްޕާއި އޭނާގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންދެއެވެ.

"ފިފްޓީ ފިފްޓީ ވަން" ގެ ނަމުގައި ކުރިއަށްދާ މި ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން އެދެނީ ޓްރަމްޕުގެ ސިޔާސަތުތައް ބަދަލުކުރުމަށާއި، އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމަށެވެ. މުޒާހަރާކުރާ ފަރާތްތަކުން ކަންބޮޑުވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިޖުރަވެރިންނާމެދު ޢަމަލުކުރާ ގޮތާއި، ވިޔަފާރީގެ ޓެކްސް ބޮޑުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ނުކުރުން ހިމެނެއެވެ.

އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ރައްޔިތުންގެ 55 އިންސައްތަ މީހުން ތިބީ ޓްރަމްޕާމެދު ހިތްހަމަނުޖެހިފައެވެ. މިއީ ފާއިތުވި 75 އަހަރުގެ ތެރޭގައި ރައީސެއްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ފެނިފައިވާ އެންމެ ދަށް އެޕްރޫވަލް ރޭޓިންގ ކަމަށް ފާހަގަކުރެވެއެވެ.

މުޒާހަރާތައް ގިނަވެ ވަރުގަދަވަމުންދާއިރު، ޓްރަމްޕުގެ ސަޕޯޓަރުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ހަމަނުޖެހުންތަކެއް ފެށުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. ނަމަވެސް، މިހާތަނަށް މާބޮޑެތި ހަމަނުޖެހުންތަކެއް ފެނިފައެއް ނުވާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%