ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކުރަން އިދާރާތައް ގުޅިގެން ބައްދަލުވުމެއް ބާއްވައިފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 20 އޭޕްރިލް 2025 16:32
ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކުރަން އިދާރާތައް ގުޅިގެން ބޭއްވި ބައްދަލުވުމުގެ ބައިވެރިން / ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކުރަން އިދާރާތައް ގުޅިގެން ބޭއްވި ބައްދަލުވުމުގެ ބައިވެރިން / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ ހުޅުމާލޭގައި ހިދުމަތް ދޭ އިދާރާތަކާ އެކު ޖޮއިންޓް އެޖެންސީ ގްރޫޕް ބައްދަލުވުން ބާއްވާފައިވާ ކަމަށް.

ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެ އަވަށުގައި ހިދުމަތްދޭ އިދާރާތަކާ އެކު ފުލުހުން ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ. 

ފުލުހުން ބުނީ ހުޅުމާލޭގައި ހިދުމަތް ދޭ އިދާރާތަކާ އެކު ޖޮއިންޓް އެޖެންސީ ގްރޫޕް ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. ހުޅުމާލޭ ޕޮލިހުން އިންތިޒާމުކުރި އެ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ބައްދަލުވުމަކީ ހުޅުމާލޭގައި ދިމާވާ އެކި މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި ހުޅުމާލޭގެ އަމަންއަމާން ކަމަށާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ދެއްކެވި ވާހަކައިގައި މި ކަހަލަ ބައްދަލުވުމެއް ބޭއްވި އަދި މުއައްސަސާތަކާ ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ބައްދަލުވުމުގައި ނިންމުނު ކަންތައްތައް ތަންފީޒުކުރުމަށް އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި މުސްތަގުބަލުގައި ވެސް މި ކަހަލަ އިތުރު ބައްދަލުވުންތައް ގަވާއިދުން ބޭއްވުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި, އެ ބައްދަލުވުމުގަައި ބައިވެރިވި ފަރާތްތަކުން ވަނީ ހުޅުމާލޭގައި ކުރެވޭ މަސައްކަތްތަކާ އަދި ހުރި ގޮންޖެހުންތަކުގެ އިތުރުން އެއްބާރުލުންދީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%