ސިފައިން އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 6 ގަޑިއިރު ކުރިން - 19 އޭޕްރިލް 2025 21:43
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ޙަރަކާތުގެ ތެރެއިން.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ޙަރަކާތުގެ ތެރެއިން.
ޚުލާސާ

މިއީ ދިވެހި އަސްކަރިއްޔާއަށް މިފަދަ ވެހިކަލްތައް ގެނައި ފުރަތަމަ ފަހަރު. އަދި ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމާންޑުތަކުގައި ބޭނުންކުރާނެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގައި ބޭއްވ ޝަރަފުވެރި ހިނގާލުމުގައި، ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލާފައެވެ.

މި ހިނގާލުން ފެށުނީ ރައީސް އޮފީހުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވުނު ޚާއްޞަ ހުށަހެޅުމަކުންނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި އެ ދެކަނބަލުންގެ ދެ ދަރިކަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި ފަސް އާމަޑް ވެހިކަލްތައް.

މި ޕެރޭޑުގެ އެންމެ ޚާއްޞަ ކަމަކަށްވީ ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި ފަސް އާމަޑް ވެހިކަލް ދެއްކުމެވެ. މި އުޅަނދުތަކަކީ މިދިޔަ އެއް މަސް ތެރޭގައި ރާއްޖެ ގެނެވުނު އުޅަނދުތަކެއް ކަމަށް އެނގިފައިވެއެވެ. ނަމަވެސް، އެމްއެންޑީއންޑީއެފުން މި އުޅަނދުތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖަރ ޢަބްދުﷲ ސަޢީދު ވިދާޅުވި ގޮތުގައި މިއީ ދިވެހި އަސްކަރިއްޔާއަށް މިފަދަ ވެހިކަލްތައް ގެނައި ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމާންޑުތަކުގައި ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕެރޭޑުގައި ސިފައިންގެ ބޭންޑާއި އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައްވެސް ދައްކާލިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%