ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ހޯދުމަށް ހުޅުވާލައިފި

ހުސައިން އިސްމާއިލް | 10 ދުވަސް ކުރިން - 18 އޭޕްރިލް 2025 12:05
ފިތުރު ޢީދަށް މާލެ ޒީނަތްތެރިކުރުމުގެ ގޮތުން ދީނީ ޝިއާރުތައް ރަމްޒުކޮށްދޭ ދިއްލުންތަކެއް. / ފޮޓޯ: ޚުލާޞާ
ފިތުރު ޢީދަށް މާލެ ޒީނަތްތެރިކުރުމުގެ ގޮތުން ދީނީ ޝިއާރުތައް ރަމްޒުކޮށްދޭ ދިއްލުންތަކެއް. / ފޮޓޯ: ޚުލާޞާ
ޚުލާސާ

ފުރުސަތު އޮތީ ތިންރަށަކަށް. މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންވާނެ.

މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ޢީދު ފާހަގަކުރާނެ ރަށްތައް ހޮވުމުގައި ބަލާނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށެވެ.

އުޞޫލުގައިވާ ގޮތުން، ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ ރަށު ކައުންސިލްތަކުންނެވެ. އަމިއްލަ ފަރުދުންނާއި، ކްލަބްތަކާއި ޖަމްޢިއްޔާތަކުން ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާނަމަ، އެކަން ކުރަންޖެހޭނީ ކައުންސިލްތައް މެދުވެރިކޮށެވެ.

މީގެއިތުރުން، ޕްރޮޕޯސަލް ހުށަހަޅާ ރަށްރަށުން މަދުވެގެން ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަންޖެހޭނެކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުވެސް އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ. ޝައުޤުވެރިވާ ރަށްރަށުން މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%