މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓި (އެމްޑީޕީ)ން މާލޭގެ ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންދީ އެ މިސްކިތް ހަލާކުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުކުރު މިސްކިތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވީ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާލައި މިސްކިތް (ފަނާވާން) ދޫކޮށްލީއެވެ.
2023ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަހު ކުރިން އެމްޑީޕީ ސަރުކާރުން ވަނީ ހުކުރުމިސްކިތަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހުކުރުމިސްކިތުގެ އަސްލަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. ‘އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާގޮތުގެ ސަބަބުން މިސްކިތުގެ އަސްލަށް ގެއްލުން ވެފައިވޭ. ބައެއް މަތިވަޑާމުގައި ހުރި ލިޔުންތައް، ކެމިކަލްތަކުގެ ސަބަބުން ފޮހެވި، ހަލާކުވެފައިވޭ," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ފޮޓޯތަކުން ފެންނަ ގޮތުގައި ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި، ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިކަމަށެވެ. މިސްކިތުގެ އަސްލަށް ގެއްލުން ލިބިފައިވަނީ މަސައްކަތް ކުރެވިފައިވާގޮތުން އިހުމާލުވެފައިވާތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ތަރިކައިގެ ދާއިރާ ތަރައްގީ ކުރުމުގެ މުހިންމު މަޝްރޫއެއް މި ސަރުކާރުގައި އެބައޮތް ކަމަށެވެ. އަދި އެ ޕްލޭނާއި އެއްގޮތަށް ރާއްޖޭގައި ހުރި ތަރިކައާއި ގުޅުންހުރި މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވިގޮތެއްގައި އާމްދަނީ ލިބޭނެގޮތަށް މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭ ހުކުރު މިސްކިތަކީ ލަކުޑީގެ މޮޅު ވަޑާމާއި، ލިޔެލާޖެހުމާއި، ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީގޮތުން ރާއްޖޭގައި ހުރި އެުރި އެންމે މުހިއްމު އެއް މިސްކިތެވެ. މި މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބރުއަރީ 2008 ގައެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. ދުވަސްވުމުގެ ސަބަބުން މިސްކިތުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ވެދާނެތީ، ވަގުތީ ތަނބުތަކެއް ޖަހާފައިވަނީ މިސްކިތުގެ އާބާތުރަ ފިލުވުމަށް 2023ވަނަ އަހަރުގެ ކުރީކޮޅު ފެށި މަޝްރޫޢުގެ ތެރެއިންނެވެ.