ފަލަސްޠީން ރައްޔިތުންގެ ލޭ އޮހޮރުވައި އެ ބިން ފޭރިގަތުމަށް މިހާރު ދެމުންދާ ޙަމަލާތައް ހުއްޓައިލަންދެން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް (އެމްޑީޕީން ވެސް އެދިގެން) ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން, މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އެކަމެއް ހަޖަމެއް ނުވިއެވެ.
އެމްޑީޕީގެ ހިތް ރައްޔިތުންނަށް ސާފެއް ނޫނެވެ. އެމްޑީޕީން މިހާރު ބޭނުންވަނީ ރައްޔިތުންނަށް ދަޅަ ދައްކައިގެން މާ ދީންވެރިކަމަށް ހެދިގެން ތިބެމެ ރައްޔިތުންގެ ސިކުނޑިތައް ދޮވެލާށެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ މައްސަލައިގައެވެ. ދިވެހިންނަކީ ފަލަސްޠީންގެ ރައްޔިތުން ދެކެ ނުލާހިކު ލޯބިވާ ބައެއްކަން އެމްޑީޕީ އަށާއި އެމްޑީޕީގެ އަޑިގައި ތިބި ހުޅަނގުގެ ކްރިސްޓިއަނުންނަށް އެނގެއެވެ. އެހެންކަމުން އިސްރާއީލާއި ދެކޮޅަށް ދިވެހިރާއްޖެއިން ތެދުވާށޭ ބުނެފިނަމަ އެކަމުގައި ރައްޔިތުންގެ ތާއީދު ލިބޭނެކަން އެމްޑީޕީ ހިންގާ އިނގިރޭސީ ވިލާތުގެ ކްރިސްޓިއަން ކޮންޒަވޭޓިވް ޕާޓިއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
އިސްރާއީލުގެ އިސް ވެރިންނާއެކު އެމްޑީޕީގެ އެންމެ އިސް އެއް ލީޑަރު ޝާހިދު.
އެހެންކަމުން އިނގިރޭސީ ވިލާތުގެ ކޮންޒަވޭޓިވް ޕާޓިން ބޭނުންވަނީ ރާއްޖޭގެ މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދައި، ދީނީ ކަމެއް ކަމަށް ދައްކައިގެން ތިބެ ދިވެހި ރައްޔިތުން އިސްރާއީލާއި ދެކޮޅަށް ތެދުވެ ރާއްޖެ ބަނގުރޫޓް ކޮށްލުމަށެވެ. ނަމަވެސް، އެއީ ހަމައެކަނި ސިޔާސީ ބޭނުމެއްގައެވެ. ސަބަބަކީ ރާއްޖެ ބަނގުރޫޓް ވެއްޖެނަމަ ރައްޔިތުން މިއަދުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ އެމްޑިޕީއަށް ވޯޓް ދޭނެއެވެ. އޭރުން އެމްޑީޕީގެ ބާރުވެރި މުގޫ ކަމަށްވާ ކްރިސްޓިއަން އިނގިރޭސީވިލާތުގެ ކޮންޒަވޭތިވް ޕާޓީން ބޭނުންވާ ގޮތަށް ރާއްޖޭގައި މޫނުބުރުގާ އެޅުން މަނާކޮށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި “ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން” ކަމަށް ބަޔާންކޮށްފައިވާ މާއްދާ ބަދަލުކޮށްލެވޭނެއެވެ.
ރައްޔިތުންނަށް އެނގެންޖެހޭ އެންމެ މުހިންމު ޙަޤީޤަތް:
އަދުގެ ދުނިޔޭގައި ހުޅަނގުގެ ޤައުމުތަކާއި ދެކޮޅަށް ތާއަބަދު ތެދުވެގެން ތިބޭނަމަ އެކަމުގެ ނޭދެވޭ އަސަރު އެޤައުމެއްގެ އިގްތިސާދަށް ކުރާނެއެވެ.
އައިއެމްއެފް، ވޯލްޑް ބޭންކް އަދި ބޮޑެތި މަރުކަޒީ ބޭންކުތައް، ޚާއްސަކޮށް އެމެރިކާގެ ފެޑެރަލް ރިޒާވްގެ ނުފޫޒު ވަރަށް ބޮޑަށް ކޮންމެ ޤައުމެއްގެ މާލީ ކަންކަމަށް ކުރެއެވެ. އިސްރާއީލަކީ އެމެރިކާ އަދި ހުޅަނގުގެ ވަރަށް ބާރުވެރި މުހިންމު ޤައުމެކެވެ. ހުޅަނގުގެ ގައުމުތަކާއި ވަރަށް ގާތް އިގްތިސާދީ ގުޅުން އޮތް ވަރުގަދަ ސްޓޭޓެކެވެ. އެހެންކަމުން، އިސްރާއީލާއި ދެކޮޅަށް ދާއިމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް ރާއްޖެއިން އަޅައިފިނަމަ ޚާއްޞަކޮށް ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އިގްތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިއީ އިކޮނޮމިސްޓުންގެ ވެސް ބަހެވެ.
ރާއްޖޭގެ މަޤްބޫލްކަން ލިބިފައިވާ ޔަހޫދީންގެ އުފެއްސުންތައް: މިތަކެތި ބޮއިކޮޓް ކުރަން އެމްޑިޕީން ދެކޮޅު. ސަބަބަކީ އެމްޑިޕީގެ އިސް ސަފުގައި ތިބީ ވިޔަފާރިވެރިން. މިތަކެތި ބޮއިކޮޓް ކޮށްފިނަމަ އެމީހުންގެ ވިޔަފާރިތައް އިނދަޖެހިދާނެތީ.
ޚާއްސަކޮށް އެމެރިކާގެ އެހީތެރިކަން ގެއްލިއްޖެނަމަ މި ދަތިތައް އިތުރަށް ބޮޑުވެގެންދާނެ ކަމުގެ ވަރުގަދަ ހެއްކެއް މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ވާނީ ފެނިފައެވެ. މިސާލަކަށް ބަލާލަމާ ހިނގާށެވެ. އެމެރިކާއިން ވަނީ ޗައިނާގެ މުދަލުން ޓެރިފް ބޮޑުކޮށްފައެވެ. އެކަމުގެ ސަބަބުން ޗައިނާގައި މުދަލުގެ އަގު ބޮޑުވެއްޖެއެވެ. ޗައިނާއަކީ ދަނޑުބިން އޮތް، އަމިއްލަ ފެކްޓަރީތައް އޮތް ދުނިޔޭގެ އެންމެ އުފެއްދުންތެރި ޤައުމެވެ. އެކަމަކު އެމެރިކާއިން އެޅި ފިޔަވަޅުގެ ސަބަބުން ޗައިނާއަށް އޭގެ އަސަރު ކޮށްފިއެވެ. މިއަދު އެމެރިކާގެ އުފެއްދުންތައް ޗައިނާގައި ވަރަށް އަގުބޮޑެވެ.
ދަންނަވަންތޯއެވެ. އެމްޑީޕީގައި ތިބީ ސީދާ އިނގިރޭސީވިލާތުގެ ޕަޕެޓުންނެވެ. ހުޅަނގުގެ ކާފަރުންގެ ބާރުގައި ފައިސާއަށް ހެއްލިގެން ތިބި މީހުން ގިނަ ޕާޓިއެކެވެ. އެންމެންގެ ވާހަކައެއް ނޫނެވެ. އެކަމަކު އެންމެ އިސް ސަފުގައި ތިބި ގިނަ މީހުންނެވެ. އެމީހުން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާކަށް އަސްލު ބޭނުމެއް ނުވެއެވެ. އެކަމަކު ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމަށް އިސްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން އެމީހުން ކިޔަނީއެވެ. ހިތް އޮތީ އިސްރާއީލާއި އެކުގައެވެ. އެމީހުން ހީކުރީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ޑިމާންޑް ކުރުމުން ރައީސް މުޢިއްޒުއަށް އެކަން ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބަކީ ރާއްޖެ ބަނޑަށް ޖެހިދާނެތީއެވެ.
ދަންނަވަންތޯއެވެ. ރައީސް މުޢިއްޒު ވިދާޅުވި މީހެއްގެ ގާތުގައި ވިދާޅުވި ކަމަށް ވެއެވެ. “ދިވެހިރާއްޖެ އަކީ ހުޅުވިފައިވާ ޤައުމެއް. އެކަމަކު ރާއްޖޭގައި އޮތް އިސްލާމްދީނުގެ އައިޑެންޓިޓީ ގެއްލުވައި ނުލުމަށް އަޅުގަނޑު އަމިއްލަ ނަފްސުވެސް ޤުރުބާންކުރަން މިހިރީ ތައްޔާރަށް.”
އެމްޑީޕީގެ ހީލަތްތެރިކަން:
އެމްޑީޕީން ސިޔާސީ ބޭނުމެއްގައި އެދިގެން ނަމަވެސް، މިސަރުކާރުން މިއަދު އިސްރާއީލްގެ ޕާސްޕޯތް މަނާކޮށްފިއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އިސްރާއީލް ޕާސްޕޯޓް އަލުން ރާއްޖެއްށް ހުޅުވާލާނެއެވެ. އެމްޑިޕީން ނިންމާފައި އޮތީ ވެސް އެހެންނެވެ. އެމްޑީޕީގެ އިސް މީހަކު ވަނީ އެކަން ކަށަވަރު ވެސް ކޮށްފައެވެ.
އެމްޑިޕީއަށް ފަންޑް ކުރަނީ އިނގިރޭސީ ވިލާތުގެ ކްރިސްޓިއަން ޗާޗުތަކުންނާއި އެމީހުންނާއި ގުޅިފައިވާ ކޮންޒަވޭޓިވް ޕާޓީންނެވެ. މީގެ އިތުރުން އެމްޑީޕީން އަބަދުވެސް ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދައެވެ. އެ ވިޔަފާރިވެރިންނަކީ އެމްޑީޕީގެ ވެރިކަމެއް އައިސްފިނަމަ ދައުލަތުން ނުޙައްޤުން ފަޅުރަށްތަކާއި، އަދި ކަސްޓަމަށް ޑިއުޓީ ނުދައްކައި އެމްޕީއެލްގައި ހުންނަ މުދާ ކޮންޓެއިނަރު ނެރެފައި ތިބި ވިޔަފާރިވެރިންނެވެ. މިމީހުންނަކީ ބަރާބަރަށް ކޮކާކޯލާ ވިއްކައިގެން ފައިސާ ހޯދާ މީހުންނެވެ. އައިފޯނު ވިއްކައިގެން ފައިސާ ހޯދާ މީހުންނެވެ. ފޭސްބުކް ބޭނުންކޮށްގެން ވިޔަފާރި ޕްރޮމޯޓްކުރާ އަދި ފޭސްބުކަށް ފައިސާ ދައްކާ މީހުންނެވެ. ގޫގްލް ބޭނުންކުރާ މީހުންނެވެ. ގޫގްލްއަށް ފައިސާ ދައްކާ މީހުންނެވެ. ސްޓާބަކްސް ކޮފީ ރާއްޖެ އެތެރެކޮށް އެ ވިއްކާ މީހުންނެވެ. މިއީ ހައްތާވެސް ޔަހޫދީންގެ އަމިއްލަ އުފެއްދުމެވެ. ޔަހޫދީންނަށް ފައިސާ ލިބެނީ މިތަކެތިންނެވެ. އެ ފައިސާތައް ބޭނުންކޮށްގެން އެމީހުން ހަތިޔާރުތައް އުފައްދައެވެ. ފަލަސްޠީނުގެ މުސްލުމުން އެ ހަތިޔާރުތަކުގައި ޝަހީދުކޮށްލައެވެ. އެކަމަކު އެމްޑީޕީގެ މީހުންނަށް ޔަހޫދީންގެ މިދެންނެވި އުފެއްސުންތައް ފައިސާ ދީފައި ޔަހޫދީންގެ އަތުން ގަންނަން އޯކޭއެވެ. އިސްރާއީލަށް ފައިސާ ދިނުން ހުއްދައެވެ. މަނާކުރަން ބުނީ ޕާސްޕޯޓެވެ. މިއީ ހަމަ ޙަޤީޤަތުގައިވެސް އެމްޑިޕީން ކުޅޭ ގޭމެއްކަން އެބަ އެނގެއެވެ. އެމްޑީޕީން އިސްރާއީލަށް ފައިސާދީ އެފައިސާއިން މުސްލިމުން މަރަން ހަތިޔާރު އުފައްދަން އޯކޭވެފައި، އިސްރާއީލް ޕާސްޕޯޓް ދާއިމީކޮށް މަނާ ނުކުރުން މިވީ ކިހާބޮޑު މުނާފިޤު ކަމަކަށް ދެއްތޯއެވެ. އެމްޑިޕީން ހަމަ މުނާފިޤީއެވެ. ލާދީނީއޭ ކިޔަނީ ހަމަ ހުރެފައެއް ނޫނެވެ. މި ޙަޤީޤަތްތައް ފެންނަން ހުރީމައެވެ.
އިސްރާއީލާއި ދެކޮޅަށް ދާއިމީކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވީތަ؟
ދިވެހިރާއްޖެއަކީ ހަމައެކަނި ކަނޑުން ރޯދި ލިބުމުގެ ޔަޤިންކަން މިއަދާއި ހަމަޔަށް ލިބިފައިވާ، ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ އަމާން ޤައުމެކެވެ.
ބާރުގަދަ ޤައުމުތަކާއި ދެކޮޅަށް ރާއްޖެ ތެދުވެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ބޮޑު މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެ އެވެ:
1. އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅާ ގައުމުތަކަށް ބައިނަލްއަގްވާމީ އެހީތެރިކަން ލިބުން ދަތިވެދާނެއެވެ. ޚާއްޞަކޮށް ވޯލްޑްބޭންކާއި، ޔޫރަޕްގެ ޤައުމުތަކުން ލޯނު ލިބުމުގައި ވެސް ދަތިވާނެއެވެ.
2. ބައިނަލްއަގްވާމީ ވިޔަފާރިއަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ. ރާއްޖޭގެ ކަނޑުމަސް ޔޫރަޕަށް ބޭރުކުރަން ދަތިވާނެއެވެ. އަގު ވައްޓާލައި ކިލޯއެއް 1 ރުފިޔާއަށް ވެސް ހަދާލާކަށް އެމީހުން ޖެހިލުމެއް ނުވާނެއެވެ. އޭރުން މަސްވެރިންނަށް ސަރުކާރުން ޖެހޭނީ ކިލޯއެއްގެ އަގު 1 ރުފިޔާއަށްވުރެ ކުޑަކުރާށެވެ. އެހެންނޫނީ ދެން ޖެހޭނީ ރާއްޖޭގައި އެކަނި ދިވެހި މަސް ވިއްކާށެވެ. މިހާތުބެސް މިސަރުކާރުން މަސްވެރިންނަށް ފައިސާ ދެނީ އެ މަސްވެރިން ބާނާ މަސް ވިއްކައިގެން ލިބޭ ޢާމްދަނީއަކުންނެއް ނޫނެވެ. މަސްވެރިންނަށް ސަރުކާރުން ސަބްސިޑީ ދީގެން، ނުލާހިކު ގެއްލުމުގައި ސަރުކާރުން ވަނީ ކަންކަން ކޮށްފައެވެ. ރައްޔިތުންނަށް ހެޔޮ ގޮތެއް ފެނޭތޯއެވެ.
3. ބޭރު ފައިސާ ލިބުމަށް ދަތިވެ، ރުފިޔާގެ އަގު ވެއްޓުމުގެ ނުރައްކާ އިތުރުވެދާނެއެވެ.
4. ބޭރުން އެތެރެކުރާ މުދަލުގެ އަގު ބޮޑުވެ، އާންމު ދިރިއުޅުމުގެ ޚަރަދު އިތުރުވެދާނެއެވެ. މިކަމުގެ ސަބަބުން ލިބޭ ޢާމްދަނީން ދެކޮޅު ނުޖެހި ރާއްޖޭގެ އެންމެން ފަޤީރުވެދާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. އެހެންކަމުން ބާރުގަދަ ޤައުމުތަކާއި ދެކޮޅަށް ރާއްޖެ ތެދުވުމުގެ ބަދަލުގައި ބުއްދިވެރީ އެންމެ ބޮޑަށް ގެއްލުން ނުވާނެ މިންވަރްށް ބަލައި ކަންކަން ކުރުމެވެ. ރައްޔިތުން ޖަޒުބާތުގައި ޖެހި ކޮންމެ އެއްޗެއްވެސް ކިޔާފާނެއެވެ. އެކަމަކު މި ޙަޤީޤަތްތައް ޤަބޫލުކުރެވޭނީ ވިސްނައި ފިކުރުކޮށްގެންނެވެ. ވަކި ކުލައަކަށް ބުރަ ނުވެ ތިމާއަކީ ކިހާ ފެންވަރެއްގެ މީހެއްކަން ދަނެގެންނެވެ. ތިމާއަކީ މަލްޓި މިލިއަނަރެއް ނޫންކަން ދަނެގެންނެވެ.
ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތް:
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވަނީ ކޮންމެ ގައުމެއްގެވެސް އަމިއްލަ ސިޔާދަތީ ހައްގުތަކެއް އޮންނާނެ ކަމަށެވެ. އެހެންކަމުން، އިސްރާއީލާމެދު ގެންގުޅޭ ސިޔާސަތު ކަނޑައެޅުމުގައި ރާއްޖޭގެ މަސްލަޙަތާއި ޢަޤީދާގެ އިތުރުން އިޤްތިޞާދީ ނަތީޖާތަކަށްވެސް ރިޢާޔަތްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައެވެ. އެހެންނަމަވެސް، ރާއްޖެ ކިތަންމެ ކުޑަކަމުގައި ވިޔަސް، ވިދާޅުވާން ޖެހޭ އެއްޗެއް ވިދާލުވުމަށް ްެމަ ިކުފާނު ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ޔަހޫދީ ނުލަފާ ނަތަންޔާހޫ ހައްޔަރުކުރަންވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލެއްވީ ލައިވް އިވެންޓެއްގައި ދު ިޔޭގެ އެންމެންގެ ކުރިމަތީގައި ދެއްތޯއެވެ. އ.ދ. ގެ އިވެންޓެއްގައެވެ. ހަމައެހެންމެ އެމެރިކާ ފަދަ ޤައުމުތަކުގެ ނިވަލުގައި އިސްރާއީލް އޮވެގެން އ.ދ ގެ ވީޓޯ ކުރުމުގެ ބާފުން މަންފާ ނަގާތީވެ، ވީޓޯ އުވައިލަން މުޅި ދުނިޔޭގެ ކުރިމަތީގަ ވިދާޅުވާން ވެސް ކެރިވަޑައިގަތީ ވެސް ހަމައެކަނި ރައީސް ޑރ. މުޢިއްޒަށެވެ. ވީއިރު، ޔަހޫދީން ކީއްކުރަން އިސްރައީލްގެ ވަސް ބަލާފައިވާ މީހަކުވެސް ރާއްޖޭގެ އެއާޕޯޓުން އެތެރެވުމަށް ހުއްދަ ނުދިނުން އެއީ ރައީސް މުޢިއްޒަށް މެޓައެއް ކަހަލަ ކަމެކެވެ. ނަމަވެސް، އެމަނިކުފާނު ކަންކަން ކުރައްވާނީ ޙިކުމަތްތެރިކަމާއިއެކު ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ބައްލަވާފައެވެ.
ވުމާއެކު، އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލަންދެން އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރީއެވެ. މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ޙިކުމަތްތެރި ނިންމެވުމެކެވެ. އެމްޑީޕީން ހީކުރީ މިކަން ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.