ޕީސީބީގެ ރައީސްކަމަށް އަނަސްއަށް މަޖިލީހުން ރުހުންދީފި

އުސްތާޛް މުޙައްމަދު ޢަލީ | 13 ދުވަސް ކުރިން - 15 އޭޕްރިލް 2025 11:29
މުހައްމަދު އަނަސް: އޭނާއަށް ޕީސީބީގެ ރައީސްކަމަށް މަޖިލީހުން ވަނީ ރުހުން ދީފަ.
މުހައްމަދު އަނަސް: އޭނާއަށް ޕީސީބީގެ ރައީސްކަމަށް މަޖިލީހުން ވަނީ ރުހުން ދީފަ.
ޚުލާސާ

އަނަސް މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ. ރައީސް މުއިއްޒު އޭނާ ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރެއްވީ މާޗު 13 ވަނަދުވަހު.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ރުހުން ދިނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އަނަސް މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. ރައީސް މުއިއްޒު އޭނާ ޕީސީބީގެ ރައީސްކަމަށް އައްޔަނުކުރެއްވީ މާޗު 13 ގައެވެ.

ޕީސީބީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ފެބްރުއަރީ 13 ގައި ވަކިކުރެއްވުމާ ގުޅިގެންނެވެ. ހަމްދީ ވަކިކުރެއްވި ސަބަބު ސަރުކާރުން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

އަނަސްއަކީ އެމްއެންޔޫއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފިނޭންސްގެ ނައިބުކަމުގެ އިތުރުން އެޗްޑީސީގެ މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަން ވެސް އޭނާ ކުރައްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%