އެމްޑީޕީން ހުއްދަކުރި އިސްރާއީލުގެ ޕާސްޕޯޓާއި އެމީހުންނާއި އޮތް ގުޅުން

އައިޝަތު އީމާން | 14 ދުވަސް ކުރިން - 14 އޭޕްރިލް 2025 21:29
އިސްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ކެރުނީ ރައީސް މުޢިއްޒުގެ ސަރުކާރަށް.
އިސްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ކެރުނީ ރައީސް މުޢިއްޒުގެ ސަރުކާރަށް.
ޚުލާސާ

އިސްރާއީލަކީ އެމްޑީޕީގެ ވަރަށް ގާތް އެކުވެރިއެއް. އެކަން ތާރީޚް ހެކިދޭ.



އެމްޑީޕީން ހުއްދަކުރި އިސްރާއީލުގެ ޕާސްޕޯޓް މި ސަރުކާރުން މިއަދު މަނާކުރި ޚަބަރަކީ އެތައް ރައްޔިތަކަށް އުފާވެރިކަން ލިބުނު ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި އިސްރާއީލް ޕާސްޕޯޓް މަނާކުރުމާ ގުޅޭ މައްސަލައަށް ގޮތެއް ނިންމީ މެންބަރުންގެ އިއްތިފާގުންނެވެ

އެ ކޮމެޓީން އިޒްރާއިލް ޕާސްޕޯޓް މަނާކުރަން ނިންމީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓެންދެނެވެ.

މި ބިލް ދިރާސާކޮށް ކޮމެޓީން ނިންމާފައިވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯޓް މަނާކުރާށެވެ.

މިކަމުގައި ޑުއަލް ޕާސްޕޯޓްތައް އިސްތިސްނާ ވާނެއެެވެ.

އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް އެންމެ ފަހުން ވެސް ރާއްޖެއިން މަސައްކަތް ކޮށްފައިވަނީ. ިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު ޝާހިދެވެ.

މި ފޮޓޮއިން ފެނިވަޑައިގަންނަވަނީ އިސްރާއީލުގެ ޔަހޫދީ ސަރުކާރާއި ގުޅުން ބަދަހިކުރެއްވުމަށް އިސްރާއީލްގެ މަންދޫބުންނާއެކު ޔޫއެންގެ ބައްދަލުވުމަކަށްފަހު އޭރުގެ ފޮރިންމިނިސްޓަރު ކުރެއްވި މަސައްކަތެވެ.

ދިވެހިރާއްޖެއާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފެށުނީ 1965 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއެކު، އިސްރާއީލަކީ ޤައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަތް ތިންވަނަ ޤައުމެވެ. އަދި އިސްރާއީލުގެ ސަފީރަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ކްރެޑެންޝަލްސް ހުށަހެޅި ފުރަތަމަ ސަފީރެވެ. ނަމަވެސް، 1974 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ އިސްރާއީލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މެދުކަނޑާލާފައެވެ.

1990 ގެ އަހަރުތަކުގެ ކުރީކޮޅު، ދިވެހިރާއްޖެއިން ވަނީ އިސްރާއީލުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް އައުން މަނާކޮށްފައި އޮތް މަނާކުރުން ނައްތާލާފައެވެ. އަދި 2009 ވަނަ އަހަރު، އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ދިވެހިރާއްޖެއާއި އިސްރާއީލާ ދެމެދު ފަތުރުވެރިކަމާއި، ޞިއްޙަތާއި، ތަޢުލީމާއި އަދި ޘަޤާފަތާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރިިއެވެ.

2010 ވަނަ އަހަރު އެމްޑީޕީން، އިސްރާއީލުގެ ސަރުކާރުން ލޮލުގެ ޑޮކްޓަރުންގެ ޓީމެއްގެ ނަމުގައިވެސް ރާއްޖެއަށް ބަޔަކު ގެނައެވެ. އެއަށްފަހު 2011 ވަނަ އަހަރުގެ މެއި މަހު، އޭރުގެ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް އިސްރާއީލަށް ރަސްމީ ދަތުރެއް ކުރެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ އިސް ވަޒީރެއް އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

2011 ވަނަ އަހަރު (އެމްޑީޕީގެ ވެރިކަމުގައި) ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަޙްމަދު ނަސީމް އިސްރާއީލުގެ ޖެރީސެލަމްގައި އެމީހުންގެ އެކުވެރި އިސްރާއީލާއެކު ރާއްޖެއާއި އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅުގެތެރެއިން.

ނަމަވެސް، 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދިނުމާއި ގުޅިގެން، ދެ ޤައުމުގެ ގުޅުން ފަނޑުވިއެވެ. އަދި 2014 ވަނަ އަހަރު، އިސްރާއީލުން ޣައްޒާގައި ހިންގި ހަނގުރާމައާ ގުޅިގެން، ދިވެހިރާއްޖެއިން ވަނީ އިސްރާއީލުގެ އުފެއްދުންތައް ގަތުން ހުއްޓާލާނެ ކަމަށް އިޢުލާނުކޮށްފައެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހު، އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދިވެހިރާއްޖެއިން ވަނީ އިސްރާއީލާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް އުވާލާފައެވެ.

މި ހުރިހާ ކަމަކާ ގުޅިގެން، މިހާރު ދިވެހިރާއްޖެއާއި އިސްރާއީލާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނޯވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%