ހުޅުމާލެ 1 އިން 2 އަށް ދާ ބްރިޖު މަތީގައި ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ 1 އިން 2 އަށް ދިއުމަށް ހަދާފައި އޮންނަ ހަތަރު ބްރިޖުގެ ތެރެއިން ދެވަނަ ބްރިޖުގަ އެވެ.
ހުޅުމާލެ 1 އިން ދުއްވާފައި 2 އަށް ދިއުމަށް ދަތުރުކުރި އެ ޕްރައިވެޓް ކާރު ކޮންޓްރޯލް ނުވެ ވަނީ އެ ބްރިޖު މަތީގައި ހުރި ރޯޑް ޑިވައިޑަރުގެ މައްޗަށް އަރައިފަ އެވެ.
އެ ކާރު މަތަވީ އެ ޑިވައިޑަރުގެ މައްޗަށް އެރުމުންނެވެ.
ފުލުުހުން ދަނީ މިމައްސަލަ ބަލަމުންނެވެ.