ސައޫދީން ރާއްޖެއަށް 287 މިލިއަން ރުފިޔާ ދޭން އެއްބަސްވެއްޖެ

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 14 އޭޕްރިލް 2025 10:34
ވީއައިއޭގެ ތަރައްޤީއަށް ސަޢުދީ ފަންޑުން 287 މިލިޔަން ރުފިޔާގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން.
ވީއައިއޭގެ ތަރައްޤީއަށް ސަޢުދީ ފަންޑުން 287 މިލިޔަން ރުފިޔާގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން.
ޚުލާސާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގޯޓުގެ ތަރައްޤީއަށް ސަޢުދީ ފަންޑުން 287 މިލިޔަން ރުފިޔާގެ ލޯނު ދޭން އެއްބަސްވެއްޖެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މުރުޝިދެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ލޯނު އެހީގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު އަވަސް ސްޕީޑެއްގައި ނިންމުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ އިޤްތިޞާދަށް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.

މި ލޯނު އެއްބަސްވުމުގެ ސަބަބުން، ފަތުރުވެރިންނަށާއި އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މައިގަނޑު ބައެއް ޙިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%