ޒަކާތު ފަންޑުން ޕީއެޗްޑިއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލަނީ

އުސްތާޛް މުޙައްމަދު ޢަލީ | 15 ދުވަސް ކުރިން - 13 އޭޕްރިލް 2025 09:25
މިނިސްޓަރ ޝަހީމް: އެމަނިކުފާނު. ވިދާޅުވީ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އުޞޫލެއްގެ ތެރެއިން މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް.
މިނިސްޓަރ ޝަހީމް: އެމަނިކުފާނު. ވިދާޅުވީ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އުޞޫލެއްގެ ތެރެއިން މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް.
ޚުލާސާ

ޒަކާތު ފަންޑުން އިސްލާމީ ޢިލްމާއި މެޑިކަލް ދާއިރާއަށް އިތުރު ފުރުޞަތުތައް މިހަފްތާގައި ހުޅުވާލާނެ.

އިސްލާމީ ޢިލްމާއި މެޑިކަލް ދާއިރާއިން މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކެޔެވުމަށް ޒަކާތު ފަންޑުން މިހަފްތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ އިތުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އެއާއެކު އިޢުލާންކުރެވޭނެ ކަމަށާއި އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން ރާއްޖޭގައި މަދު ކަމަށާއި އެހެންކަމުން އެފަދަ މުހިންމު ދާއިރާތަކަށް ވެސް އެހީ ދެވޭނެއެވެ.

“ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއް. އެހެންކަމުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ޒަކާތު ފަންޑުން ޚަރަދު ކުރުމަށް ވަނީ ނިންމާފަ. ފަންޑު ކުރެވިގެންދާނީ ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން. މިކަންކަމަކީ، ދިވެހިރާއްޖޭގެ އިއްޒަތްތެެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް މިހާރު ވެސް ދަނީ ހޭދަކުރަމުންނެވެ.

2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ، މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކަމަނަ

15 ދުވަސް ކުރިން - 13:31

އާޔަތުގައިވާ 8 ބަޔަކީ ފަޤީރުން މިސްކީނުން ޢާމިލުން )ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތުގައި އުޅޭ މީހުން( އަލަށް އިސްލާމްވާ މީހުން އަޅުން މިނިވަންކުރުން ދަރަނިވެރީން ﷲ ގެ މަގުގައި ޖިހާދުކުރުމަށް ދަތުރު މަތީގައި ޙާލުގައި ޖެހޭ މީހުން.