ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އަހްމަދު އީޒާން | 16 ދުވަސް ކުރިން - 12 އޭޕްރިލް 2025 15:36
ލާމު ލިންކް ރޯޑު / ފޮޓޯ: ޓްރެވަލް ޓްރޭޑާސް މޯލްޑިވްސް
ލާމު ލިންކް ރޯޑު / ފޮޓޯ: ޓްރެވަލް ޓްރޭޑާސް މޯލްޑިވްސް
ޚުލާސާ

ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯ ނުވެ ހިނގި އެކްސިޑެންޓުގައި މަރުވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30

ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯ ނުވެ ހިނގި ހާދިސާގައި މީހަކު މަރުވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި މަރުވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30 އެވެ.

އޭނާ އެކްސިޑެންޓްވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%