އެމެރިކާގެ ނިއުޔޯކްގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެއެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕައިލެޓާއި ސްޕެއިންގެ ފަސް ފަތުރުވެރިންގެ އާއިލާއެއް ހިމެނޭއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.
ޑައުންޓައުން މެންހަޓަން ހެލިޕޯޓުން ނައްޓައިލި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު.
މިއީ އެމެރިކާގައި މިއަހަރު ހެލިކޮޕްޓަރު ވެއްޓުނު ފުރަތަމަ ހާދިސާއެއް ނޫނެވެ. ޖެނުއަރީ 29 ގައި ޕޮޓޮމެކް ކޯރުގެ މަތިން ފަސިންޖަރު މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ބޯޓު ވެއްޓި 67 މީހުން މަރުވެފައިވެ އެވެ.
މިއަދުގެ ހާދިސާއާއި ގުޅިގެން އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.