އަޚްލާޤީ ފެންވަރު ވަރަށް ދަށްކޮށް ޓްރަމްޕް ވާހަކަފުޅު ދައްކަވައިފި

ޖަވާދު | 17 ދުވަސް ކުރިން - 11 އޭޕްރިލް 2025 08:24
ނޭޝަނަލް ރިޕަބްލިކަން ކޮންގްރެސް ކޮމިޓީގެ ޑިނަރ ނައިޓްގައި ޓްރަމްޕް ވާހަކަފުޅު ދައްވަނީ: ދުނިޔޭގެ ލީޑަރުންނާއި ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވީ ވަރަށް ހަޑިކޮށް.
ނޭޝަނަލް ރިޕަބްލިކަން ކޮންގްރެސް ކޮމިޓީގެ ޑިނަރ ނައިޓްގައި ޓްރަމްޕް ވާހަކަފުޅު ދައްވަނީ: ދުނިޔޭގެ ލީޑަރުންނާއި ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވީ ވަރަށް ހަޑިކޮށް.
ޚުލާސާ

ޓެރިފް ބޮޑުކުރަން އެމެރިކާއިން ނިންމުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ތިމަންނާގެ ގާތުގައި އެކަމާއި މާޔޫސްވެ އާދޭސްކުރަނީ ކަމަށް ވިދާޅުވެ ޓްރަމްޕް ބޭނުންފުޅުކުރެއްވީ ހަޑި ބަސްތަކެއް.

"ވޯލްޑް ލީޑާސް އާ ކިސިން މައި އޭސް ޓު މޭކް ޓްރޭޑް ޑީލް އޭޒް ޓެރިފް އަންސްލައުޓް ބެގިންސް" އޭ ވިދާޅުވެ ކޮންގްރެސްގައި ބޭއްވި ޑިނާ ޕާޓީއެއްގައި ވަރަށް ހުތުރު ބަހުރުވައިން ދުނިޔޭގެ ލީޑަރުންނަށް މަލާމާތްކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވައިފިއެވެ.ެ 

އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ދުނިޔޭގެ ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުގެ ސަބަބުން ދުނިޔޭގެ މާކެޓަށް ކުރިމަތިވި ޝޮކް ވޭވް އާއި ގުޅިގެން ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ޓްރަމްޕް ނޫނީ، ބައިނަލްއަޤްވާމީ ލީޑަރަކު މިހާ ހަޑިހުރުކޮށް، ދަށު ދަރަޖައިގެ ވާހަކަތަކެއް ދުނިޔޭގެ ލީޑަރުންނާއި ބެހޭގޮތުން ދައްކާފައި ނުވެއެވެ.

އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ޓްރަމްޕް ދެއްކެވީ ދުނިޔޭގެ އިންވެސްޓަރުންނާއި ސިޔާސީ އެކުވެރިންގެ ފަރާތުން އޭނާއާށް ކުރިމަތިވި ވަރަށް ވަރުގަދަ ފާޑުކިޔުންތަކަށްފަހުއެވެ.

ކޮންމެޔަކަސް، ޓްރަމްޕް މިހާރު ވަނީ ޓެރިފް ނެގުމުގައި އެމެރިކާގެ މުހިންމު ބައެއް ބައިވެރިންނަށް އިސްތިސްނާ ކުރާނެކަން އިއުލާން ކުރައްވާފައެވެ. އެއީ އެމީހުންނާއެކު ވިޔަފާރީގެ ހަނގުރާމައަކަށް ދާން ޖެހިދާނެތީވެ އެކަމުން ސަލާމަތް ވުމަށެވެ.

ވައިޓް ހައުސްއިން ކަށަވަރުކޮށްދިން އިސްލާހުކޮށްފައިވާ ޕްލޭނެއްގެ ދަށުން ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެއާއާއި ޔޫރަޕިއަން ޔޫނިއަންއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމެނޭ ބޮޑެތި އެކުވެރިން އިސްތިސްނާކުރާނެއެވެ. ނަމަވެސް، ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އެންމެ ނުފޫޒު ގަދަ ޗައިނާ އާއި މެކްސިކޯ އަދި ކެނެޑާ ފިޔަވައެވެ.

ކެނެޑާ އާއި މެކްސިކޯ އަކީ ދަނޑުވެރިކަމުގެ ބާވަތްތަކާއި، އެނާރޖީ އާއި އަދި އޮޓޮމޭޓިވް ދާއިރާގައި އެންމެ ނުފޫޒު ގަދަ ދެގައުމެވެ. ޗައިނާ އަކީ އުފެއްދުންތެރިކަމާއި ވިޔަފާރި އާއި ޓެކްނޮލޮޖީގައި މުޅި ދުނިޔޭގައި ވެސް އޮތް އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާއެވެ.

އެމެރިކާއަށް ދުނިޔޭގެ ގައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރިކަން އަންގައި ރައީސް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ.

ކޮންމެޔަކަސް، އެންމެ ބޮޑު ޓެރިފެއް ނަގަން ޓްރަމްޕް ނިންމީ ޗައިނާއިން އެތެރެކުރާ މުދަލުންނެވެ. އެއީ 104 ޕަސަންޓުގެ ޓެރިފެކެވެ.

ރައްދުގައި ޗައިނާއިން ވަނީ އެ ގައުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީގެ ޢަދަދު 34 އިންސައްތައިން 84 އިންސައްތައަށް ބޮޑު ކޮށްފައެވެ. އަދި ޗައިނާއިން ވަނީ އެމެރިކާގެ 18 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. މިއާއެކު ޓްރަމްޕް ވަނީ ޗައިނާއާ ދެކޮޅަށް އެޅި ޓެރިފްގެ މިންވަރު 125 އިންސައްތައަށް ބޮޑުކޮށްފައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި %145 އާއި ހަމައަށް ބައެއް މުދާތަކުން ވަނީ އިތުރުކޮށްފައެވެ. ރައްދުގައި ޗައިނާ ވެސް ވަނީ އެމެރިކާއާ ދެކޮޅަށް ޓެރިފް ބޮޑުކޮށް އެމެރިކާގެ އިތުރު ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ހާމަކޮށްފައެވެ.

ކެނެޑާ އާއި މެކްސިކޯގެ އުފެއްދުންތަކަށް ޓެރިފް ބޮޑުކުރީ އެދެގައުމުން އެމެރިކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓެނިލް އެތެރެކުރާކަމަށް ބުނެއެވެ.

ޓެރިފް މައްސައިގައި މުޅި ދުނިޔެ އެމެރިކާ ދެކެ ރުޅި އައުމުން، އެމެރިކާއިން ޓެރިފް ނެގުމުގައި 90 ދުވަހުގެ ބްރޭކެއް ނެގީ ޤައުމުތަކާއެކު މުއާމަލާތް ކުރުމުގެ އުކުޅެއްގެ ގޮތުގަ އެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސަންޓް ވިދާޅުވީ "މި ފިޔަވަޅުތަކަކީ ވަގުތީ އަދި ސްޓްރެޓެޖިކް ފިޔަވަޅުތަކެއް ކަމަށާއި މިއީ ގައުމުތައް މޭޒުމައްޗަށް ގެނެސް އެމެރިކާގެ މަސްލަހަތަށް އިސްކަންދިނުމަށް ފަރުމާކޮށްފައިވާ ފިޔަވަޅުތަކެއް" ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%