އެމެރިކާއާއި ވާހަކަ ނުދައްކާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފި

ޖަވާދު | 21 ދުވަސް ކުރިން - 7 އޭޕްރިލް 2025 11:46
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ: އޭނާ ވިދާޅުވީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކަށް ދިޔުމަށް ބޭނުން ނުވާކަމަށް.
އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ: އޭނާ ވިދާޅުވީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކަށް ދިޔުމަށް ބޭނުން ނުވާކަމަށް.
ޚުލާސާ

ޚާމަނާއީ ވިދާޅުވީ އެމެރިކާ ފަދަ ސަރުކާރަކާ އެކު މުއާމަލާތް ކުރުމަކީ ބުއްދިވެރި، ނުވަތަ ޝަރަފުވެރި ކަމެއް ނޫން" ކަމަށާއި އެމެރިކާގެ ނިޔަތާ މެދު ޝައްކު އުފެދޭ ކަމަށް.

އެމެރިކާއާއެކު ސީދާ މަޝްވަރާ ކުރުމުގެ ފުރުސަތު އީރާނުން އަނެއްކާވެސް ބޭނުން ނުވާކަމަށް ބުނެފިއެވެ.

އީރާނުން ބުނީ ، އެފަދަ މަޝްވަރާތަކަކީ " ބުއްދިވެރި" މަޝްވަރާތަކެއް ނޫން ކަމަށާއި އެގައުމަށް ދިމާވާ ގޮންޖެހުންތައް އެ މަޝްވަރާއަކުން ހައްލު ނުވާނެ ކަމަށް ބުނެފަ އެވެ.

ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާ ފަދަ ސަރުކާރަކާ އެކު މުއާމަލާތް ކުރުމަކީ ބުއްދިވެރި، ނުވަތަ ޝަރަފުވެރި ކަމެއް ނޫން" ކަމަށާއި އެމެރިކާގެ ނިޔަތާ މެދު ޝައްކު އުފެދޭ ކަމަށެވެ.

ސީދާ މަޝްވަރާއަށް ދެކޮޅު ހެދި ނަމަވެސް، އީރާނުން ވަނީ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން ޚިޔާލުތަފާތުވުން އުފެދޭ މައްސަލަތަކަށް ހައްލެއް ހޯދުމަށް އޮމާން ފަދަ މެދުވެރިން މެދުވެރިކޮށް ނުސީދާ މަޝްވަރާތަކަށް ހުޅުވާލެވިފައިވާކަން ދައްކާފައެވެ. ވޮޝިންޓަންގެ ސީރިއަސްކަން ވަޒަންކުރުމަށް ނުސީދާ މަޝްވަރާތަކެއް ކުރަން ބޭނުންވާކަން އީރާނުގެ އޮފިޝަލުން ވަނީ އިޝާރާތްކޮށްފަ އެވެ.

މިކަމާ ގުޅުންހުރި ކަމެއްގެ ގޮތުން، އިރާގުގައި އީރާނުގެ ތާއީދު އޮންނަ ބައެއް މިލިޝިއާ ޖަމާއަތްތަކުން ދަނީ އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ހަތިޔާރު ނައްތާލުމަށް ވިސްނަމުންނެވެ.

މީގެ އިތުރުން އީރާނަށް އަމާޒުކޮށްގެން އެމެރިކާގެ އެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް ތާއީދު ނުކުރުމަށް އީރާނުން ވަނީ އަވަށްޓެރި ގައުމުތަކަށް ހަރުކަށި އިންޒާރުތަކެއް ދީފަ އެވެ. އެމެރިކާ ސިފައިންނަށް އެމީހުންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ އީރާނާއި ދެކޮޅުވެރިވުން ކަމަށް ބުނެ ތެހެރާނުން ވަނީ އިންޒާރު ދީފައެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%