ހޮޅުދޫ ބޯޓުގައި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ކަނޑަށް ފުންމާލައިގެން ގެއްލުނު އަލީ މުޝްފީގު މުހައްމަދު ޝަރީފް، 25، ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަނޑާއި ވައިގެ މަގުން 133 ނޯޓިކަލް މޭލު ބަލައިފިއެވެ.
މުދާ އުފުލާ. ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން ކެޕްޓަން ހިމެނޭ ގޮތަށް 17 މީހުން ސަލާމަތް ކުރެވުނުއިރު، ލައިފް ޖެކެޓުގައި ކޮއްކޮއާއެކު ފުންމާލި މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ކަމާބެހޭ ފަރާތުން ދަނީ ކުރިޔަށް ގެންދަމުންނެވެ.
އެމްއެންޑީއެފްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިހާތަނަށް ކަނޑުގެ 143،880 އަކަކިލޯމީޓަރު ބަލާފައި ވެއެވެ. އަދި ޑްރޯން ބޭނުންކޮށްގެން 5،000 އަކަކިކޯމީޓަރު ބަލާފައި ވެއެވެ.