ހުޅުމާލޭގެ އައު ތެލެސީމިއާ ސެންޓަރު މެއި 8 ގައި ހުޅުވަނީ

އާނާ ފަހީމް | 26 ދުވަސް ކުރިން - 2 އޭޕްރިލް 2025 15:26
އޮރެންޖް ބިލްޑިންގ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސް އެތަނަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
އޮރެންޖް ބިލްޑިންގ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސް އެތަނަށް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމައި، އަންނަ މެއި މަހުގެ 8 ވަނަ ދުވަހު ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަމަށް ރައީސް ވިދާޅުވި.

ހުޅުމާލޭގައި ތަރައްޤީކުރާ އައު ތެލެސީމިއާ ސެންޓަރު މެއި މަހުގެ 8 ވަނަ ދުވަހު ހުޅުވައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންގ އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ. މި މަސައްކަތް ސިފައިންނާ ހަވާލުކޮށްފައިވަނީ އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށާއި، މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ސިފައިންނަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 30 އެޕްރީލަށް ނިންމާނެ. ސިފައިންގެ މަސައްކަތް ނިންމާނެ. ދެން މޭ މަހު 8، އެއީ، ދުނިޔޭގެ ތެލަސީމިއާ ދުވަސް. އެ ދުވަހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގައި ހުރި މަރުކަޒު މިތަނަށް ބަދަލުކޮށް، އެ ދުވަހުގެ ކުރިން، ބަދަލުކޮށް، ވަރަށް ފަސޭހަކަމާއެކީގައި، މާއުނދަގުލެއް ކުދިންނަށްވެސް ދިމާނުވާގޮތަށް، ހަމަ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމުގެ ކަންތައްވެސް ރޭވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%