އެމެރިކާއަށް ބިރު ދެއްކުމުގެ ގޮތުން އީރާނުން މިސައިލްތައް ރުކުރުވާލައިފި ކަމަށް ބުނެފި

ޖަވާދު | 27 ދުވަސް ކުރިން - 1 އޭޕްރިލް 2025 14:16
އީރާނުގެ މިސައިލްތަކެއް: އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާއީން އީރާނަށް ހަމަލާ ދީފިނަމަ އޭގެ ރައްދުގައި ޑިއޭގޯ ގާސިއާއަށް ޙަމަލާ ދިނުމަށްޓަކައި މިސައިލްތައް ހުރީ ތައްޔާރީ ޙާލަތުގައި.
އީރާނުގެ މިސައިލްތަކެއް: އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާއީން އީރާނަށް ހަމަލާ ދީފިނަމަ އޭގެ ރައްދުގައި ޑިއޭގޯ ގާސިއާއަށް ޙަމަލާ ދިނުމަށްޓަކައި މިސައިލްތައް ހުރީ ތައްޔާރީ ޙާލަތުގައި.
ޚުލާސާ

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން މިހާރު ހުރީ އެމެރިކާގެ އަސްކަރީ ބޭސް ކަމަށްވާ ޑިއޭގޯ ގާސިއާއަށް ހަމަލާ ދިނުމަށް މިސައިލްތައް ފޮނުވާލުމަށް ތައްޔާރުވެފަ.

ރައީސް ޓްރަމްޕް އެމެރިކާގެ ރިޔާސަތާއި ޙަވާލުވެ އީރާނަށް ހަމަލާ ދޭނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދިނުމާއި ގުޅިގެން އީރާނާއި އެމެރިކާ އާއި ދެމެދު އޮތް ފިތުނަތައް އިތުރުވެ، އީރާނުގެ އަސްކަރީ ވެރިން އެންމެފަހުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ދީފިއެވެ. މިއީ ދިވެހިރާއްޖެ ކައިރީގައި އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ މުހިއްމު ބޭސްއެއް ކަމަށްވާއިރު މިތަން އޮންނަނީ އިނގިރޭސިންގެ ކޮންޓްރޯލްގައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާއަށް ހަމަލާ ދިނުމަށް އެމެރިކާއަށް ސިފައިން ފޮނުވުމަކީ ސީދާ ނުރައްކަލެއް ކަމަށް ތެހެރާނުން ދެކޭއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން މިހާރު ހުރީ ޑިއެގޯ ގާސިއާ އަށް މިސައިލްތައް ފޮނުވާލުމަށް ތައްޔާރުވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމަށް ފިޔަވަޅުތަކެއް އަޅާނަމަ ބަދަލު ހިފުމުގެ އިންޒާރުދީ، ދިގު ރާސްތާގެ މިސައިލް އަދި ޑްރޯންގެ ބޭނުންކޮށްގެން އެމެރިކާއަށް ޙަމަލާ ދޭނެ ކަމަށް ބުނެފައެވެ.

އީރާނުގެ މިސައިލުގެ ޤާބިލު ކަމަށް ބަލާއިރު 2,000 ކިލޯމީޓަރާއި 2,500 ކިލޯމީޓަރަށް ދަތުރުކުރާ ޚުއްރަމްޝަހުރު-4 ގެ މިސައިލް ތެހެރާނުގެ އަސްކަރިއްޔާގައި އެބަހުއްޓެވެ.

މީގެ އިތުރުން ވެސް އެޑްވާންސްޑް މިސައިލުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސެޖިލް-2 އާއި ޝަހާބް-3 ހިމެނެއެވެ. މި ދެ މިސައިލުގެ ރޭންޖަކީވެސް 2,000 ކިލޯމީޓަރު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އީރާނަށް އެމެރިކާއަށް ހަމަލާދެވޭނެތަ؟

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތު ﷲ ޢަލީ ޚަމަނާއީ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އެމެރިކާއިން މަޝްވަރާއަށް ހުށަހެޅުމުން އީރާނުން އެމެރިކާއާއެކު ސީދާ ގޮތެއްގައި މަޝްވަރާ ކުރާކަށް މިހާރަކު ބޭނުމެއް ނުވޭ.

އީރާނުގެ އެންމެ ދުރަށް ދަތުރުކުރެވޭ މިސައިލުތަކަށް އިސްރާއީލަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ޔޫރަޕުގެ ބައެއް ސަރަޙައްދުތަކަށް ވާސިލުވެވޭނެއެވެ. ނަމަވެސް އެމެރިކާގެ މައި ބިމަކަށް ފޯރާނެ ވަރުގެ މިސައިލެއް ހުރި ކަމަކަށް ސައްހަ ރިޕޯޓުތައް ނުބުނެއެވެ.

އެހެންނަމަވެސް، އީރާނުން ދަނީ ސެޓެލައިޓް ދޫކުރުމުގެ ޓެކްނޮލޮޖީ ތަރައްޤީކުރަމުންނެވެ. މުސްތަޤުބަލުގައި މިއީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އަށް ބަދަލުކުރެވިދާނެ ޓެކްނޮލޮޖީއެކެވެ.

އީރާނަށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިހާރު ވެސް ހަމަލާދެވޭނެއެވެ. އެއީ އީރާނަށް މާ ބޮޑު ކސމެއް ނޫނެވެ. އީރާނަށް މެދުއިރުމަތީގައާއި، ޔޫރަޕުގައާއި، ޑިއެގޯ ގާސިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބެލިސްޓިކް މިސައިލުތަކާއި ޑްރޯންތައް މެދުވެރިކޮށް ހަމަލާދެވޭނެއެވެ. އެކަމުގެ ވަރަށް ފުރިހަމަ ގާބިލުކަމާއި ޓެކްނޮލޮޖީ އީރާނުން ވަނީ ހޯދާފައެވެ.

މިހާރު އީރާނަކަށް އެމެރިކާ، ރަޝިޔާ އަދި ޗައިނާފަދަ ޤައުމުތަކުގައި ހުރި 10,000 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރެވޭ އައިސީބީއެމްތަކެއް ނެތެވެ. ނަމަވެސް އީރާނުން ދަނީ އެޑްވާންސްޑް މިސައިލު ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%