ފަޤީރުންނަށް ޒަކާތު ފައިސާ ޖަމާކޮށްފި، ފަލަސްޠީނަށް 5 ލައްކަ ހަދިޔާކުރަން ވަނީ ނިންމާފައި

އަައިޝަތު ޒީނާ | 29 ދުވަސް ކުރިން - 29 މާރިޗް 2025 22:31
ފިޠުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ފިޠުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

ވަޒީރު ޝަހީމް ވިދާޅުވީ ފިޠުރު ޒަކާތު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް.

ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒަކާތް ބަހާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވީ ފިޠުރު ޒަކާތު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ގޮވާމުން މާލެ ސަރަޙައްދުގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ލިބޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%