ކުޑަހުވަދޫ ބަނދަރުން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

އާނާ ފަހީމް | 33 ދުވަސް ކުރިން - 26 މާރިޗް 2025 15:24
ޕިކަފު ބަނދަރުން ވެއްޓިފައި/ ފޮޓޯ: އެމްވީކްރައިސިސް
ޕިކަފު ބަނދަރުން ވެއްޓިފައި/ ފޮޓޯ: އެމްވީކްރައިސިސް
ޚުލާސާ

ދ. ކުޑަހުވަދޫ ބަނދަރުމަތިން ޕިކަޕެއް މޫދަށް ވެއްޓި، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެ،

ދ. ކުޑަހުވަދޫ ބަނދަރުމަތިން ޕިކަޕެއް މޫދަށް ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ބަނދަރުމަތީގައި ދޯންޏަކަށް މުދާ ބަރުކުރަމުން ދަނިކޮށް ކަމަށް ވެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ޕިކަޕު ފަޅުތެރެއިން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ޕިކަޕު ފަޅުތެރެއަށް ވެއްޓުނު ސަބަބު އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މަޢުލޫމާތެއް އަދި ލިބިފައިނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%