ދެ ސައިކަލު އެކްސިޑެންޓުވުމުން ސައިކަލު ނަގަން އުޅުމުގެ ތެރޭގައި ޕިކަޕުތަކަކަށް އަރައި ދެވަނަ އެކްސިޑެންޓެއް ހިނގައިފި

އައިޝަތު އީމާން | 33 ދުވަސް ކުރިން - 25 މާރިޗް 2025 22:49
ޕިކަޕުތަކަށް އެރި ސައިކަލު. / ފޮޓޯ: ޚުލާސާ
ޕިކަޕުތަކަށް އެރި ސައިކަލު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި އެކްސިޑެންޓު ހިނގާފައިވަނީ އެމްޕީއެލް ކުރިމަތީގައި މިރޭ 21:55 ގައި. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ.

މާލޭ އެމްޕީއެލް ކުރިމަތީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ސައިކަލު ނަގަން އުޅުމުގެ ތެރޭގައި މުށްގަނޑަށް ހިފާ އަނބުރާލެވުމުން ޓްރެފިކްގައި އޮތް ޕިކަޕަކާއި ޕާކު ކޮށްފައި އޮތް ޕިކަޕަކަށް އަރައި އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 21:55 ހާއިރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް ފަރާތަކަށް ޒަހަމްވެފައެއް ނުވެއެވެ. ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ދެ ސައިކަލެވެ.

ފުރަތަމަ އެކްސިޑެންޓު ހިނގިއިރު އަންހެން މީހާ ދުއްވި ސައިކަލު. / ފޮޓޯ: ޚުލާސާ

ފުރަތަމަ އެކްސިޑެންޓު ހިނގުމުން ދެފަރާތުން މައްސަލަ ހައްލުކޮށް އެތަނުން ދާން މަސައްކަތް ކުރެއެވެ. ޕިކަޕުތަކަށް އެރި ސައިކަލަކީ ފިރިހެން މީހާ ދުއްވި ސައިކަލެވެ.

މާލޭ ސިޓީގައި ކޮންމެ ދުވަހަކުވެސް މިފަދަ ކުދި އެކްސިޑެންޓުތައް ހިނގުމަކީ އާންމު ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޒިމްނާ

33 ދުވަސް ކުރިން - 22:56

ކަލޯ ގަޔާ. ނަސީބެއްނު އެމްޕީއެލް އެތެރޭގަ ހުރި ކޮންޓެއިނަރުތަކަށް ނޭރިކަން