ޣައްޒާގެ ހަމައެކަނި ކެންސަރު ހޮސްޕިޓަލް ސުންނާފަތި ކޮށްލައިފި

ޖަވާދު | 37 ދުވަސް ކުރިން - 22 މާރިޗް 2025 11:36
ތުރުކީ ވިލާތުން ހަދާފައިވާ ޣައްޒާގައި ހުންނަ ކެންސަރު ހޮސްޕިޓަލަށް ރޭ ޙަމަލާދީ ސުންނާފަތިކޮށްލާފައި.
ތުރުކީ ވިލާތުން ހަދާފައިވާ ޣައްޒާގައި ހުންނަ ކެންސަރު ހޮސްޕިޓަލަށް ރޭ ޙަމަލާދީ ސުންނާފަތިކޮށްލާފައި.
ޚުލާސާ

ރޭ އިސްރާއީލުން އެ ހޮސްޕިޓަލަށް ހަމަލާދީ ސުންނާފަތި ކޮށްލުމަށްފަހު ބުނީ ހަމާސްގެ ހަނގުރާމަވެރިން އެ ހޮސްޕިޓަލް ބޭނުންކުރާ ކަމަށް.

ހައްދުފަހަނަ އަޅާފައިވާ ޒައެނިސްޓުން މި ރަމަޟާން މަހު ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި އެތަނުގައި ހުރި ހަމައެކަނި ކެންސަރު ފަރުވާދޭ ހޮސްޕިޓަލަށް ރޭ ޙަމަލާދީ ސުންނާފަތި ކޮށްލައިފިއެވެ. އެއީ 2011 އާއި 2017 އާ ދެމެދު ތުރުކީވިލާތުން އަޅައިދިން ހުރިހާ ވަސީލަތްތަކެއް ހަމަޔަށް ހުރި ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.

ރޭ އިސްރާއީލުން އެ ހޮސްޕިޓަލަށް ހަމަލާދީ ސުންނާފަތި ކޮށްލުމަށްފަހު ބުނީ ހަމާސްގެ ހަނގުރާމަވެރިން އެ ހޮސްޕިޓަލް ބޭނުންކުރާ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް އަސާސެއް މިކަމުގައި ނުހިމެނޭ ވާހަކަތަކެކެވެ. އިސްރާއީލުން ބޭނުންވީމާ އެމީހުން ހަމަލާދީ ސުންނާފަތިކޮށްލާކަށް ވަކި ތަނެއް ނެތެވެ. އެކަމަކު އެއީ ހަމައެކަނި ހަތިޔާރެއް ނެތް ފަލަސްތީނުގެ ބިމުގައެވެ. އިސްރާއީލުގެ ފިނޑިންނަކަށް ދުނިޔޭގެ އެހެން ބާރަކާއި ނުލައި އެކަނިމާއެކަނި އެއްވެސް ބަޔަކާއި ހަނހުރާމަ ކުރާކަށް ނުކެރެއެވެ. ލުބުނާނާއި ދެކޮޅަށް މިފަހުން އިސްރާއީލުން ކުރި ނާކާމިޔާބު ހަނގުރާމައަކީވެސް ހުޅަނގުގެ މަދަދު ހޯދައިގެން ހާއްސަކޮށް އެމެރިކާގެ މަދަދާއެކު ކުރި ހަނގުރާމައެކެވެ. އިސްރާއީލުން ޣައްޒާ ސުންނާފަތިކޮށްލަނީ އެތަނުގެ އަހުލުވެރީންގެ އަތުގައި ހަތިޔާރު ނެތީމައެވެ.

މި ހަފްތާގެ ކުރީކޮޅު ވަގުތީ ހުއްޓުމަކަށް އައި ހަނގުރާމަ އަލުން ފެށުމާއެކު، އިސްރާއީލުގެ ހަމަލާތަކުގައި ހާހަކާއި ގާތްކުރާ ޢަދަދަށް މިހާރުވެސް މީހުންތައް ދަނީ ޝަހީދުވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%