ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން އެއްބަސްވުމުގައި ސޮއިކޮށްފި

އަހްމަދު އީޒާން | 40 ދުވަސް ކުރިން - 20 މާރިޗް 2025 09:48
ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަަސްމިއްޔާތު / ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަަސްމިއްޔާތު / ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ޚުލާސާ

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިނޭންސްކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން.

ރާއްޖޭގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިނޭންސްކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުތަކުގެ ދަށުން ހަތަރު ރަށުގައި ވެސް ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމްކުރާނެ އެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއުތަކެކެވެ.

މި މަޝްރޫއުތައް ފެށުމަކީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި މި މަޝްރޫއުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ ތިމާވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ. އަދި މި މަޝްރޫއުތައް ނިމުމުން މަރުކަޒުތައް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%