ރަމަޟާން މަހުގެ ފަހު 10 ގައި ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތައް އާންމުކޮށްފިއެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
ޒަކާތު ހައުސް އިން ބުނީ ފަހުދިހައިގެ ދުވަސްތަކުގައި ކައުންޓަރުތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ 23 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑޫ - 12ރ
- ތައިލެންޑް ހުދު ހަނޑޫ- 62ރ
- ބާސްމަތީ ހަނޑޫ (މޮޅު) - 100ރ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 133ރ
- ރަތް ހަނޑޫ - 86ރ
- ބާސްމަތީ ހަނޑޫ (އާދައިގެ) - 74ރ
- އާދައިގެ ފުށް - 10ރ
- އާޓާ ފުށް - 75ރ
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށެވެ. ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.