މިނިސްޓަރު ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

އައިޝަތު އީމާން | 5 ގަޑިއިރު ކުރިން - 13:16
އެޑްވައިޒަރ ޓު ދަ ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމާއި ނަރީޝް ހަވާލުވެފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހު.
އެޑްވައިޒަރ ޓު ދަ ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމާއި ނަރީޝް ހަވާލުވެފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހު.
ޚުލާސާ

ނަރީޝް ވަނީ ދާދި ފަހުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައި. ނަރީޝްއަށް ދީފައިވާ މަޤާމަކީ ޔޫތް މިނިސްޓްރީގެ އެޑްވައިޒަރު ކަން.

ދާދީ ފަހުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ އަހްމަދު ނަރީޝް ޔޫތް މިނިސްޓްރީގެ އެޑްވައިޒަރުގެ މަޤާމަށް ހަމަޖައްސައިފި އެވެ.

ނަރީޝް އަށް ހަމަޖެއްސި މަޤާމުގެ ނަމަކީ އެޑްވައިޒަރ ޓު ދަ ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އެވެ. އޭނާ މި މަޤާމަށް އައްޔަން ކޮށްފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާ ދިނީ ނިމިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.

ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާ ދެއްވަމުން ނަރީޝް ވިދާޅުވީ މަޤާމުން އިސްތިއުފާ ދިނީ ޤައުމާއި ރައްޔިތުންނަށް އެހެން ގޮތަކުން ޚިދުމަތް ކުރަން ފުރުސަތު ލިބުމުން ކަމަށެވެ. އަދި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އެ މަޤާމަށް އިންތިޙާބު ކޮށްދެއްވި ހުރިހާ އިއްޒަތްތެރި މެންބަރުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމާ ނަރީޝް ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭރު ޕީޕީއެމްގެ ކައުންސިލް މެންބަރުންގެ ތެރޭގައި އެ މަޤާމަށް ބޮޑު ވާދަވެރިކަމެއް އުފެދިގެން ދިޔައެވެ.

ޑެޕިއުޓީ މޭޔަރު ކަމުން ނަރީޝް އިސްތިއުފާ ދެއްވާފައިވާއިރު ހުސްވެފައިވާ އެ މަޤާމަށް މިއަދު ވަނީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް އައްޔަން ކުރައްވާފައެވެ.

މުޙައްމަދު ޢަރީޝް އަކީ ޕީއެންސީގެ މެންބަރަކަށް ވާއިރު އޭނާ އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޒުލްކިފްލި

4 ގަޑިއިރު ކުރިން - 14:07

ރަނގަޅު ޒުވާނެއް. ހިތްވަރު ކުރާތި ނަރީޝް