ސީލައިފްގެ އެއްބަސްވުން ބާޠިލުކުރި ގޮތް ރަނގަޅު: ސިވިލްކޯޓް

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 16:30
އެޗްޑީސީ ބިލްޑިންގ: އެ ކުންފުނިން ސީލައިފް އާއެކު ހެދި އެއްބަސްވުން ބާޠިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި.
އެޗްޑީސީ ބިލްޑިންގ: އެ ކުންފުނިން ސީލައިފް އާއެކު ހެދި އެއްބަސްވުން ބާޠިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި.
ޚުލާސާ

ސިވިލް ކޯޓުން މިއަދު ނިންމީ އެޗްޑީސީން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުން އެޗްޑީސީން ބާޠިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ. އަދި އެޗްޑީސީން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް ކޯޓުން ހުކުމްކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ މާރިޗު 13 ވަނަ ދުވަހު އެޗްޑީސީއާއި ސީލައިފާއި ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ސީލައިފުން އެއްބަސްވުމާ ޚިލާފުވެ، މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތައް ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައިގައި، 2018 ވަނަ އަހަރުގެ ޑިސެންބަރު 24 ވަނަ ދުވަހު އެޗްޑީސީން އެއްބަސްވުން ބާޠިލުކުރިއެވެ.

އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން، އެކަން ކޮށްފައިވަނީ އެއްބަސްވުމާއި ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސީލައިފުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ކޯޓުން މިއަދު ނިންމާފައިވަނީ އެޗްޑީސީން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި ކުރިއަށްގެންދާ މިފަދަ އެކިއެކި މަޝްރޫޢުތަކުގެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%