ޤުރުއާން ކިޔަވައިދޭ މުދައްރިސުން 7 ރަށަކަށް ގެނެސްފައިވޭ: ވަޒީރު ޝަހީމް

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 16:02
އއ. މާޅޮހުގައި މިސްކިތެއް ތަރައްޤީކުރުމަށް އާރްޑީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު، ޑރ. ޝަހީމް އަލީ ސައީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އއ. މާޅޮހުގައި މިސްކިތެއް ތަރައްޤީކުރުމަށް އާރްޑީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު، ޑރ. ޝަހީމް އަލީ ސައީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ބައެއް ރަށްރަށުގައި ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތްކަމުގެ ފާހަގަކުރެވި، މިއަހަރު މިހާތަނަށް 7 ރަށަކަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވެއްޖެ.

ކީރިތި ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ އއ. މާޅޮހުގައި މިސްކިތެއް ތަރައްޤީކުރުމަށް އާރްޑީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިހާރުވެސް ބައެއް ރަށްރަށުން އެރަށްރަށުގައި ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދެވޭނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި މުސްލިމު މުޖުތަމަޢެއްގައި ކީރިތި ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭނެކަން ފާހަގަކުރައްވައި، މިފަދައިން މުދައްރިސުން ނެތް 7 ރަށަކަށް މިއަހަރުގެ މިހާތަނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް މުދައްރިސުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރު ވިދާޅުވީ އެކުންފުނިން މަސައްކަތްކުރާނީ ވީއެންމެ އަވަހަކަށް މި މަސައްކަތް ނިންމައި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށްކަމަށެވެ.

ރާއްޖޭގެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު، ވިޔަފާރިވެރިންނާއި އަމިއްލަ ބައެއް ފަރާތްތަކުން ވެސް މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިހާތަނަށް 42 ރަށަކުން އެރަށުގައި މިސްކިތް ޢިމާރާތްކޮށްދިނުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެދިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%