ނ. އަދި ށ. އަތޮޅުގެ ފެނާއި ނަރުދަމާގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ފެނަކައާ ހަވާލުކޮށްފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 16:06
ފެނަކައާ 3 ރަށުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރުން/ ފޮޓޯ: ފެނަކަ
ފެނަކައާ 3 ރަށުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރުން/ ފޮޓޯ: ފެނަކަ
ޚުލާސާ

ށ. އަތޮޅުގެ ދެ ރަށަކާއި ނ. އަތޮޅުގެ އެއް ރަށެއްގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި.

ށ. އަތޮޅުގެ މާއުނގޫދޫ އާއި ނަރުދޫ އަދި ނ. އަތޮޅު ޅޮހީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިކަން އިއުލާނުކުރީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެްވި ޕޯސްޓެއްގައެވެ.

މި މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. މި ތިން ރަށުގެ މަސައްކަތް ނިންމުމަށް ފެނަކައަށް 540 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މާއުނގޫދޫގެ މަސައްކަތަށް 46.7 މިލިއަން ރުފިޔާ، ނަރުދޫގެ މަސައްކަތަށް 36.8 މިލިއަން ރުފިޔާ، އަދި ޅޮހީގެ މަސައްކަތަށް 37.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މައުލޫމާތުލިބެއެވެ. މިއީ ޖުމްލަ 121 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%