އަދަދު ނޫހުން ދޮގު ބަޔާން ނެރުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަމަށް ހިއްވަރުދީފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 14:40
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބައްދަލުވުމެއްގެތެރެއިން. / ފޮޓޯ: ސޯޝަލް މީޑިއާ
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބައްދަލުވުމެއްގެތެރެއިން. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ރައީސަކު އަމިއްލަފުޅަށް ނޫސްވެރިޔަކަށް ފޯނުން ގުޅުއްވައި އިންޒާރުދީ ބިރު ނުދައްކަވާނެކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވިސްނޭނެ. އަދަދުން ފަތުރަނީ ލާދީނީ ދޮގު މައުލޫމާތު.

ރާއްޖޭގައި ދޮގު ޚަބަރު ފަތުރައި ފިތުނަފަސާދަ ކުރުމަށް އިސްލާމީ ޙުދޫދުން ބޭރުން ވާހަކަތައް ފަތުރާ ޢަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައި ޙަޤީޤަތާ ޚިލާފު ދޮގު ބަޔާނެއް ނެރުމުން، ކަމުގެ ޙަޤީޤަތް ނުބަލައި އަދަދު ނޫހުގެ ދިފާާއުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ބަޔާނެއް ނެރެފިއެވެ.

ޢަދަދު ނޫހަކީ އިސްލާމްދީނުގެ މަސްދަރުތަކާއި ޚިލާފަށް، ދޮގު ޚަބަރު ފެތުރުން ފަދަ ޙަރާމް ކަންތަކަށް ފާޅުގައި އަރައިގަނެ ޤައުމުގެ އިޖުތިމާޢި ފޭރާން ވީދާލުމަށް މަސައްކަތްކުރާ ނޫހެއް ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަބަދުވެސް ތުހުމަތު ކުރެއެވެ. އަދި މިނިވަން ނޫސްވެރިކަމުގެ ނަމުގައި މިނިވަން ނޫސްވެރިކަމާއި ޚިލާފަށް ކަންތައް ކުރާ ނޫހެއްކަން ވެސް އެނގެއެވެ. އެހެން ނަމަވެސް، މިނިވަން ނޫސްވެރިކަމަކީ ކޮބައިކަން ނުދަންނަ ފަދަ ގޮތަކަށް އެމްޖޭއޭއިންވެސް ވަނީ ޢަމަލު ކޮށްފައެވެ.

"އަދަދު" ނޫހުން ފަތުރައި އެއަށް ތާއީދުކުރާ މޭރުމުން އެމްޖޭއޭއިން ބަޔާން ނެރުނުއިރު، ރައީސް މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވި ކަމަށް ބުނާ "ބުއްދި ހަމަނުޖެހޭ" ވާހަކަތަކެވެ.

އަދަދު ނޫހުގެ މި ދޮގު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ފިޔާޒުއަށް ގުޅުއްވައި އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާއި ބެހޭގޮތުން ދެއްކި ވާހަކައާއި ގުޅިގެން ކަމަށެވެ.

ބެލެވޭ ގޮތުގައި މިއީ އަދަދު ނޫހުން ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެކެވެ.

އަދަދު ނޫހުގެ ބަޔާނުގައި ބުނާ ކަންތައްތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެކެވެ. އަދަދު ނޫހުން މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފު ކަމެކެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ރައްޔިތުންގެ މެދުގައި އޮޅުންއަރުވައި ފިތުނަ އުފެއްދުމަށް މަގުފަހިވާނެ ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%