ތުޅާދޫ ހޮސްޕިޓަލް އިމާރާތުގެ %80 މަސައްކަތް ނިމިއްޖެ

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 09:46
ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތް/ ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތް/ ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި ހޮސްޕިޓަލުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހު. މިއީ ދެ ފަންގިފިލާގެ އިމާރާތެއްގައި ތަރައްޤީކުރެވޭ ހޮސްޕިޓަލެއް.

ބ. ތުޅާދޫގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދިންގޮތުގައި މި ޕްރޮޖެކްޓްގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެންމެ ފަހުން ނިމިފައިވަނީ ޓެރަސްގެ ޝީޓް އެޅުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިހާރު ކުރިއަށްދަނީ ގްރައުންޑް ފްލޯ މެސަންރީގެ މަސައްކަތާއި ރޫފް ލެވެލް ކޮލަމް ކާސްޓިންގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.

މި ހޮސްޕިޓަލުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މިއީ ދެ ފަންގިފިލާގެ އިމާރާތެއްގައި ތަރައްޤީކުރެވޭ ހޮސްޕިޓަލެކެވެ. މި ޕްރޮޖެކްޓަކީ ބ. އަތޮޅުގެ އިތުރުވަމުން އަންނަ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލުގެ ބާރު ކުޑަކުރުމަށް ތަރައްޤީކުރަން ފެށި ތަނެކެވެ.

ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެ މަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. އެމްޓީސީސީން ބުނާގޮތުގައި މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު، އެ ކުންފުނީގެ އަމާޒަކީ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%