އެމެރިކާއާއި ޔޫރަޕާއި ދެމެދު ވިޔަފާރީގެ ހަނގުރާމައެއް!

ޖަވާދު | 1 ދުވަސް ކުރިން - 16:07
ޔޫރަޕިއަން ޔޫނިއަނުން އެތެރެކުރާ މުދަލަށް އެމެރިކާއިން ޑިއުޓީ ބޮޑުކުރާތީވެ މައްސަލަ ގޯސްވެއްޖެ.
ޔޫރަޕިއަން ޔޫނިއަނުން އެތެރެކުރާ މުދަލަށް އެމެރިކާއިން ޑިއުޓީ ބޮޑުކުރާތީވެ މައްސަލަ ގޯސްވެއްޖެ.
ޚުލާސާ

އީޔޫގެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކުރުމުން އެކަމާއި އީޔޫ ރުޅިއައިސް، ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އުފެއްދުންތަކަށް ވެސް ޓެރިފް ބޮޑުކުރްން ނިންމައިފި.

ޔޫރަޕިއަން ޔޫނިއަނުގެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލުމިނިއަމް އަށް އިތުރު ޓެރިފް ނެގުމާއި ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި އައު ވިޔަފާރި ހަނގުރާމައެއް ފެށިއްޖެއެވެ.

ޔޫރަޕިއަން ކޮމިޝަނުން އިއްޔެ ވަނީ، އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގައި އައު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި، 2018 އަދި 2020 ވަނަ އަހަރު މެދުކަނޑާލާފައިވާ "ބެލެންސިންގ ފިޔަވަޅުތައް" އަލުން ތަންފީޒުކުރުމާއި، އެމެރިކާއިން އިމްޕޯޓްކުރާ އިތުރު އުފެއްދުންތަކަށް ޓެރިފް ނެގުން ހިމެނެއެވެ. މި އައު ފިޔަވަޅުތަކުގެ ދަށުން ގާތްގަނޑަކަށް 18 ބިލިއަން ޔޫރޯ (19.6 ބިލިއަން ޑޮލަރު) އަގުހުރި މުދަލަށް އަމާޒުކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިއަހަރު ނިންމާފައިވަނީ 2018 ގެ ފިޔަވަޅުތައް އަލުން ތަންފީޒުކުރުމަށާއި، ޓެރިފްތައް 10 އިންސައްތައިން 25 އިންސައްތައަށް އިތުރުކުރުމަށެވެ. އަދި ދަގަނޑާއި އެލުމިނިއަމް ހިމެނޭ އިތުރު އުފެއްދުންތަކަށް ވެސް ޓެރިފް ނެގުމަށް ނިންމާފައިވެއެވެ.

މި ޓެރިފްތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ޖުމްލަ 26 ބިލިއަން ޔޫރޯގެ އެކްސްޕޯޓަށް އަސަރުކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. މިއީ އެމެރިކާއަށް ކުރާ ޖުމްލަ އެކްސްޕޯޓުގެ 5 އިންސައްތައެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވަނީ، އެމެރިކާގެ އިމްޕޯޓަރުން 6 ބިލިއަން ޔޫރޯއަށްވުރެ ގިނަ އަދަދެއް އިތުރު އިމްޕޯޓް ޓެރިފްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.

މި ފިޔަވަޅުތަކާއި ގުޅޭގޮތުން 26 މާރިޗުގެ ނިޔަލަށް މަޝްވަރާކުރުމަށްފަހު، އޭޕްރީލް މަހުގެ މެދުތެރޭގައި މި ފިޔަވަޅުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%