ޣައްޒާ ހުސްކުރަން ޓްރަމްޕް މިހާރު ދެކޮޅު

ޖަވާދު | 1 ދުވަސް ކުރިން - 14:41
އަޔަލޭންޑުގެ ބޮޑުވަޒީރު މައިކަލް މާޓިންއާއެކު އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓްހައުސްގައި ބައްދަލުކުރައްވަނީ: އަޔަލޭންޑުން ބުނީ ޞުލްޙައިގައި އެމެރިކާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް. / ފޮޓޯ: ބީބީސީ
އަޔަލޭންޑުގެ ބޮޑުވަޒީރު މައިކަލް މާޓިންއާއެކު އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓްހައުސްގައި ބައްދަލުކުރައްވަނީ: އަޔަލޭންޑުން ބުނީ ޞުލްޙައިގައި އެމެރިކާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް. / ފޮޓޯ: ބީބީސީ
ޚުލާސާ

އަޔަލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިންއާ އެކު ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ "ޣައްޒާއިން ފަލަސްތީނުގެ އެއްވެސް މީހަކު ފޮނުވާނުލާނެ" ކަމަށް ސާފުކޮށްދެއްވާފަ.

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ގެންގުޅުއްވި ޚިޔާލު އަނބުރާ ގެންދަވައިފިއެވެ.

ވައިޓް ހައުސްގައި އަޔަލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިންއާ އެކު ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ "ޣައްޒާއިން ފަލަސްތީނުގެ އެއްވެސް މީހަކު ފޮނުވާނުލާނެ" ކަމަށް ސާފުކޮށްދެއްވާފަ އެވެ.

ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުންއަށް ބަދަލުކުރުމުގެ އިތުރުން އެ ސަރަހައްދު ލަގްޒަރީ ރިސޯޓަކަށް ބަދަލުކުރާނެ ކަމަށެވެ. އެއާއެކު އެ ޕްލޭނަށް އަރަބި ގައުމުތަކުން ދެކޮޅު ހަދަން ފެށިއެވެ. އެސަރަޙައްދުގައި އޮންނަ އެމެރިކާގެ އެންމެ އެކުވެރި މިސްރުން ވަނީ މަޖުބޫރުކޮށްގެން މީހުން އާބާދުކުރުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ ވިސްނުން ބަދަލުކުރެއްވުމުން ހަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވަނީ ޝުކުރު އަދާކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%