މިހާތަނަށް މާލޭ ސަރަހައްދުގައި 48،000 އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ބަހައިފި އެވެ.
ލޯކަލް ގަަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މާލެ ސަރަހައްދުގައި ރެއާއި ހަމައަށް ވަނީ 13 ތަނަކުން މަސްދަޅު ކޭސް ބަހައިފަ އެވެ.
މިހާރު ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަންދުވިޔަސް، މާލޭ ސަރަހައްދުގައި ހުރި މިފްކޯގެ ފިހާރަތަކުން މިއަދުން ފެށިގެން ރޯދަ ހަދިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރޯދަ ހަދިޔާއަށް އެދެވޭނީ މިހާރެކޭ އެއްގޮތަށް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ ހަދިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހި ރައްޔިތުންނަށް ކޮންމެ ރޯދަ މަހަކު ދެއްވަމުން އަންނަ ހަދިޔާއެކެވެ. މި އަހަރު ހަދިޔާގެ ގޮތުގައި ދެއްވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ.