މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ފަށައިފި

އާނާ ފަހީމް | 5 ދުވަސް ކުރިން - 22:00
ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަޑައިގަތުން. / ފޮޓޯ: މިނިސްޓްރީ
ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަޑައިގަތުން. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މި މަސައްކަތް ފެށީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންނަށް އުނދަގޫވަމުންދާތީ، އެ މައްސަލަ ޙައްލުކުރުމަށް ކަމަށް މިނިސްޓްރީން ބުނި.

މާލޭގައި ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 9:30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.

މި މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަޙައްދަށް ވަޑައިގެންފައެވެ. މިއީ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމަށް އެ މިނިސްޓްރީން ހިންގާ މުހިންމު ޙަރަކާތެކެވެ.

މި މަސައްކަތް ފެށީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންނަށް އުނދަގޫވަމުންދާތީ، އެ މައްސަލަ ޙައްލުކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ކުރިން ސިފައިންނާއި ފުލުހުންނާއެކު ވެސް މިނިސްޓްރީން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މިނިސްޓްރީން ބުނީ މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށްވުރެ ބޮޑަށް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%