ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ވަޒީރު އާދަމް ޝަރީފް

އައިޝަތު ރުވާ ރިފްޢަތު | 51 ދުވަސް ކުރިން - 8 މާރިޗް 2025 14:49
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު. / ފޮޓޯ: ރައީސް އޮފީސް
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޙަޤީޤީ މާނައިގައި އަންހެނުން ބާރުވެރި ކުރެވޭނީ ފުރުޞަތުތައް ފަހިކޮށްދީ، އެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ކަށަވަރުވާ ދުވަހަކުން ކަމަށް ވަޒީރު ވިދާޅުވި.

ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ހީވާގި އަންހެނުންނަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ޤައުމީ ތަރައްޤީގެ މުހިންމު ނިންމުންތަކުގައި، ޚާއްސަކޮށް ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުމާއި ބައިވެރި ކުރުމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޙަޤީޤީ މާނައިގައި އަންހެނުން ބާރުވެރި ކުރެވޭނީ ފުރުޞަތުތައް ފަހިކޮށްދީ، އެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ކަށަވަރުވާ ދުވަހަކުން ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި އަންހެނުންގެ ކާމިޔާބީތައް ހުރިގޮތުން، ކުރިމަގުގައި ރާއްޖޭގެ ޒިންމާދާރު ގިނަ މަޤާމުތައް މިހާރަށްވުރެ ބޮޑަށް އަންހެނުން އަދާކުރާނެކަމުގެ އުންމީދު އާލާވާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%