މިފްކޯގެ އައު އެމްޑީ އަދި ސީއީއޯއަކަށް ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަޙީރު

އާނާ ފަހީމް | 54 ދުވަސް ކުރިން - 5 މާރިޗް 2025 21:35
މިފްކޯގެ އެމްޑީއަކަށް އައްޔަންކުރެވުނު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަޙީރު / ފޮޓޯ: ސަން
މިފްކޯގެ އެމްޑީއަކަށް އައްޔަންކުރެވުނު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަޙީރު / ފޮޓޯ: ސަން
ޚުލާސާ

ކުރީގެ އެމްޑީ ޑރ. ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރުމަށްފަހު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަޤާމަށް ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަޙީރު އައްޔަންކޮށްފި.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަޙީރު އައްޔަންކޮށްފިއެވެ.

ފަރުޙަތު އައްޔަން ކޮށްފައިވަނީ އިއްޔެ މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރުމަށްފަހުގައެވެ. ނަމަވެސް،

ފަރުޙަތު ޝަޙީރަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ފަރުޙަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ އަދި މެޑިޕްލެކްސްގެ އެމްޑީގެ މަގާމް ވެސް އަދާކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%