ޣައްޒާގައި ފަލަސްތީނުގެ އާންމުންނާއި ދެކޮޅަށް ނަސްލު ނައްތާލުމުގެ ތުހުމަތުތަކާއި ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޒައެނިސްޓް އިސްރާއީލު ސަރުކާރުން ވަކިވާން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނީ ޕްރެޝަރުތައް އިތުރުވެ، އައިސީޖޭ އިން ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ހުކުމްތަކަށް ދޭ ޖަވާބެއްގެ ގޮތުގައި ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުހުމަތުތަކުގެ ޚުލާޞާ
ދެކުނު އެފްރިކާއިން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާގެ އަމަލުތަކަކީ ނަސްލު ނައްތާލުމެއް ކަމަށް ބުނެ އައިސީޖޭއަށް ޝަކުވާ ހުށަހަޅާފައެވެ. އައިސީޖޭން ވެސް ތުހުމަތުކޮށްފައި ވަނީ އިސްރާއީލުން ނަސްލު ނައްތާލުމުގެ ކުށުގެ ގޮތުގައި ބެލެވޭ ޢަމަލުތައް ހިންގާ ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓާލަން ލާޒިމްކޮށް، ޣައްޒާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ރިޕޯޓްތައް ހުށަހެޅުމެވެ. މިއަދާއި ހަމައަށް އިސްރާއީލުން މި އިރުޝާދުތަކަށް ތަބާވެފައެއް ނުވެއެވެ.
އިސްރާއީލް ސަރުކާރުގެ ރައްދު
އިސްރާއީލުގެ މީޑިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ސަރުކާރުން ދެކޭ ގޮތުގައި (އައިސީޖޭ ހިމެނޭ ގޮތަށް އދ. ރިޕޯޓްތައް ބުނާ ގޮތުގައި) އިސްރާއީލުން އައިސީޖޭ އިން ވަކިވެދާނެ ކަމަށް ބެލެވޭ ގާނޫނީ ޝަރީއަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމަރ އެވެ. މިނިސްޓަރު ޑާމަރ ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެމެރިކާއަށް ދަތުރުކުރައްވައި އެމެރިކާގެ އޮފިޝަލުންނާއި މި މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން ވެސް ވިސްނަމުންދަނީ މިފަދަ ގޮތަކަށް އައިސީޖޭ އިން ވަކިވުމަށެވެ.
ބައިނަލްއަޤްވާމީ ރިއެކްޝަންތައް
ގާނޫނީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަނީ އައިސީޖޭ އިން އިސްރާއީލުން ވަކިވެދާނެ ކަމަށް ބެލެވޭތީ، މިއީ ޣައްޒާގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޢަމަލުތަކުގެ ޖަވާބުދާރީވުމުން ސަލާމަތްވުމަށް ކުރާ މަސައްކަތެކެވެ. ބައިނަލްއަގްވާމީ މުޖުތަމައު އަދިވެސް ބައިބައިވެފައިވާއިރު، ބައެއް ގައުމުތަކުން އިސްރާއީލުގެ ޢަމަލުތަކަށް ތާއީދުކުރާއިރު އަނެއް ބަޔަކު ވަކާލާތުކުރަނީ އިންސާފު ޤާއިމް ކުރުމަށް ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑުތަކަށް އިސްރާއީލުން ތަބާވުމަށެވެ.
ފަހުގެ ޙާލަތު
މިހާތަނަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އަދި އިސްރާއީލުން ޣައްޒާގެ އާންމުންގެ 60 ހާހަށްވުރެ ގިނަމީހުން މަރާފައިވާތީއާއި ޣައްޒާގެ ހޮސްޕިޓަލްތަކާއި މަދަނީ ތަންތަނަށް ގަސްދުގައި އިސްރާއީލު ހަމަލާދޭކަން ވަރަށް ރަނގަނޅަށް ހާމަވެފައިވާކަމަށް މިމައްސަލާގައި އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރާ ވަކީލުން ވިދާޅުވެއެވެ.
މިއާއެކު ބައިނަލްއަގްވާމީ ކޯޓުގެ ތުހުމަތުތަކާ ދެކޮޅަށް އިސްރާއީލަށް މާބޮޑު ހުއްޖަތެއް ދެއްކިފައި ނުވާތީ، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ދައުވާ އިސްރާއީލުގެ މައްޗަށް ސާބިތުވާނެކަމުގެ ޔަގީންކަން ބޮޑުކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.
މިކަންތައްތައް މިހެން ހުރުމާއެކު އިސްރާއީލުނން ދަނީ އައި.ސީ.ޖޭ އަކީ ވަކިކޮޅަކަށް ޖެހިފައިވާ ބައެއް ކަމަށް ބުނަމުންނެވެ. ހަމަ އެހެންމެ ފަލަސްޠީން މުސްލިމުން މެރުމަށް އިސްރާއީލު ޒައެނިސްޓުންނަށް އެންމެ މަދަދުދޭ އެމެރިކާއިން ވަނީ އިސްރާއީލާއި ދެކޮޅަށް ކޮންމެ ބަޔަކު އަޅާ ފިޔަވަޅުތަކަށް ފާޅުގައި ރައްދުދީ ދެކޮޅު ހަދަމުންނެވެ. މިސާލަކަށް އެންމެ ފަހުން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުމުން އެކަމަށް ވެސް ފާޅުގައި ދެކޮޅު ހަދައި ނަތަންޔާހޫ އަށް އެމެރިކާއިން ވަނީ މަރުޙަބާ ދަންނަވާފައިކަން ފާހަގަކުރެވެއެވެ.
އައިސީޖޭ އިން އިސްރާއީލުން ވަކިވެއްޖެނަމަ، އިސްރާއީލަށް އައިސީޖޭގެ ހުކުމްތަކުން ޤާނޫނީ ގޮތުން ސަލާމަތްވެގެން ތިބެވޭނެއެވެ. ހާއްސަކޮށް ޣައްޒާގައި ހިންގާ ޖަރީމާތަކުގައެެވެ.