އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާ ފިލްމުގެ އޮސްކާ އެވޯޑު "ނޯ އަދާ ލޭންޑް" އަށް

އައިޝަތު ރުވާ ރިފްޢަތު | 10 ދުވަސް ކުރިން - 10:33
"ނޯ އަދާ ލޭންޑް"ގެ ޑައިރެކްޓަރުން /  ފޮޓޯ:އަލްޖަޒީރާ
"ނޯ އަދާ ލޭންޑް"ގެ ޑައިރެކްޓަރުން / ފޮޓޯ:އަލްޖަޒީރާ
ޚުލާސާ

"ނޯ އަދާ ލޭންޑް" އަކީ އިޒުރޭލުގެ ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކުގައި ހިންގާ ލާއިންސާނީ އަމަލުތަކާއި އެ ސަރަހައްދު ސުންނާފަތިކުރާ މަންޒަރުތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް.

96 ވަނަ އަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާ ފިލްމުގެ އެވޯޑު ލިބިފައިވަނީ އިޒުރޭލު ސިފައިންގެ ލާއިންސާނީ އަމަލުތައް ދައްކުވައިދޭ "ނޯ އަދާ ލޭންޑް" އަށެވެ.

"ނޯ އަދާ ލޭންޑް" އަކީ އިޒުރޭލުގެ ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކުގައި ހިންގާ ލާއިންސާނީ އަމަލުތަކާއި އެ ސަރަހައްދު ސުންނާފަތިކުރާ މަންޒަރުތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެކެވެ. މި ޑޮކިއުމެންޓްރީ އުފައްދާފައި ވަނީ ފަލަސްތީނުގެ އެކްޓިވިސްޓަކާއި ފިލްމު ޑައިރެކްޓަރަކާއި އިޒުރޭލުގެ ނޫސްވެރިޔަކާއި ފިލްމު ޑައިރެކްޓަރަކު ހިމެނޭ ހަތަރު މީހުންގެ ޓީމަކުންނެވެ.

މި އެވޯޑާއި ހަވާލުވުމަށްފަހު، ޑޮކިއުމެންޓްރީގެ އެއް ޑައިރެކްޓަރު އަދި ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓް ބަސެލް އަދްރާ ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.

"ނޯ އަދާ ލޭންޑް" އަށް އޮސްކާ ލިބުނު ނަމަވެސް، މި ޑޮކިއުމެންޓްރީ ޑިސްޓްރިބިއުޓް ކުރުމަށް އެތައް ސްޓޫޑިއޯއަކުން ވަނީ ދެކޮޅު ހަދާފައެވެ. މިކަމުން ދޭހަވަނީ މި ޑޮކިއުމެންޓްރީގެ މައުޟޫގެ ސަބަބުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކެވެ.

މި އަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "އަނޯރާ" އެވެ. މި ފިލްމަށް ޖުމްލަ ފަސް އެވޯޑު ލިބި، އެންމެ ގިނަ އެވޯޑު ކާމިޔާބުކުރި ފިލްމުގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ.

މި އަހަރުގެ އޮސްކާގައި ގިނަ އެވޯޑުތައް ކާމިޔާބުކޮށްފައި ވަނީ މިނިވަން ޕްރޮޑިއުސަރުންނާއި ކުންފުނިތަކުން އުފައްދާފައިވާ ފިލްމު ތަކަށެވެ. ނެޓްފްލިކްސް، ޑިޒްނީ އަދި ޔުނިވާސަލް ފަދަ ބޮޑެތި ސްޓޫޑިއޯތަކުގެ ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ ބްރެޒިލްގެ "އައިމް ސްޓިލް ހިއާ" އަށެވެ. މިއީ ބްރެޒިލްގެ ފިލްމަކަށް އޮސްކާ ލިބުނު ފުރަތަމަ ފަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%