ހަނގުރާމައިގެ އެއްބަސްވުންތައް ބަދަލުކުރަން ހަމާސް އަށް މަޖުބޫރުކޮށް، ޣައްޒާއަށް އެހީވެއްދުމަށް ހުރަސްއަޅަނީ

ޖަވާދު | 11 ދުވަސް ކުރިން - 13:29
ޣައްޒާގެ ޢާއިލާއެއް ރޯދަ ވީއްލަނީ: ޔަހޫދީން ދަނީ ޣައްޒާއަށް މި ރަމަޟާންމަހު ވެސް އެހީތައް ވެއްދުމަށް ހުރަސް އަޅަމުން.
ޣައްޒާގެ ޢާއިލާއެއް ރޯދަ ވީއްލަނީ: ޔަހޫދީން ދަނީ ޣައްޒާއަށް މި ރަމަޟާންމަހު ވެސް އެހީތައް ވެއްދުމަށް ހުރަސް އަޅަމުން.
ޚުލާސާ

މި ރަމަޟަންމަހު ވެސް ޒައެނިސްޓުން ދަނީ ޣައްޒާގައި މުސްލިމުންނަށް ޙަމަލާދެމުން. މިހާރު ވެސް 4 މީހުން ޝަހީދުކޮށްލައިފި.

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް، ހައްދުފަހަނަ އެޅި ޔަހޫދީން މާތްވެގެންވާ ރަމަޟާން މައްސަރުގައި ހުރަސް އަޅަން ފަށައިފިއެވެ.

އިސްރާއީލްގެ ޒައެނިސްޓް ސަރުކާރުގެ ބޭނުމަކީ ޣައްޒާ މުސްލިމުން މި ރަމަޟާންމަހު ރޯދަ އަށް ތިބުމަށް ވެސް ދަތި ކުރަމުންނެވެ. ބޭނުމަކީ އެ ބިމުން ފޭބުމަށް މުސްލިމުންނަށް މަޖުބޫރު ކުރުވުމެވެ. މިކަމާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ޤަޠަރާއި މިޞްރުގެ ކިބައިން މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް އެދިފައެވެ.

ޖަނަވަރީ 19 ވަނަ ދުވަހު ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢުދުވާންތައް މެދުކަނޑާލާފައިވީ ނަމަވެސް، މިހާރު ޔަހޫދީން ދަނީ އެ އެއްބަސްވުން ބަދަލުކުރަން މަސައްކަތް ކުރަމުންނެވެ. ޔަހޫދީން ހުށަހަޅާފައިވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު 42 ދުވަހަށް އިތުރު ކުރުމަށެވެ. ނަމަވެސް ޙަމާސުން ދަނީ މި ހުށަހެޅުމަށް އިންކާރު ކުރަމުންނެވެ.

ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު މަރްދާވީ އާއި ޙަވާލާދީ މަސްދަރުތައް ބުނާ ގޮތުގައި، މިހާރު އަމަލުކުރަމުންދާ އެއްބަސްވުމުގައިވާ ތާވަލާއި އެއްގޮތަށް އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމަށެވެ.

ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އަޅައި، ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދޭން ވެސް ފަށާފައެވެ. ފަލަސްޠީނުގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ޣައްޒާގެ އުތުރާއި ދެކުނުގައި ޔަހޫދީ ފައުޖުގެ ސިފައިން ދިން ޙަމަލާތަކެއްގައި ހަތަރު މީހަކު ޝަހީދުވެފައި ވެއެވެ.

ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ދަނީ ޔަހޫދީންގެ އައު ހުށަހެޅުމަށް ޙަމާސް އެއްބަސް ކުރުވުމަށް މަޖުބޫރު ކުރުވަމުންނެވެ. ނަމަވެސް ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވެފައި ވަނީ، ޙަމާސަކީ ފިއްތުންތަކާއި ޕްރެޝަރަށް ބޯލަނބާނެ ޖަމާޢަތެއް ނޫން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%